އޮފިޝަލް ކްލައުޑް ސޮލިއުޝަންސް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފި

އޮފިޝަލް ކްލައުޑް ސޮލިއުޝަންސް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ރާއްޖޭގައި ފުރަތަމަ ފަހަރަށް "އޮފީސް 365" ގެ ޚިދުމަތް ލިބުން ހަމަޖައްސާ، އޮފިޝަލް ކްލައުޑް ސޮލިއުޝަންސް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފިއެވެ.

މިޚިދުމަތުގެ ސަބަބުން ވިޔަފާރީގެ އެކިއެކި ކަންތައްތައް ކުރުމަށް ގިނަ ގުނަ ފަސޭހަތަކެއް ވާނޭ ކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

މިއަދު ހެނދުނު ހޮޓެލް ޖެން ގައި މިކަމާއި ގުޅޭގޮތުން ދިރާގުން ބޭއްވި ޚާއްސަ ޚަފްލާގައި، މައިކްރޮސޮފްޓް ގެ ސައުތު އީސްޓް އޭޝިއާ ނިއު މާކެޓްސް ގެ ޗީފް މާކެޓިންގ އެންޑް އޮޕަރޭޝަންސް އޮފިސަރ ރީނާ ޗާއި މައުލޫމާތު ދެމުން ވިދާޅުވީ "ދިރާގު އާއި އެކު ޕާޓްނަރޝިޕް ހެދުމުން، ރަނގަޅު އުކުޅުތަކާއި ޓޫލްސް ބޭނުން ކޮށްގެން، ރާއްޖޭގެ ކަސްޓަމަރުންނަށް ޑިޖިޓަކް ކަންތައްތަކަށް މަގުފަހިވާނެ" ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ "މައިކްރޮސޮފްޓާއި އެކު މިވެވުނު ޕާޓްނަރޝިޕްގެ ސަބަބުން ދައްކުވަައި ދެނީ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ވެސް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތް ދޭން ތައްޔާރަށް" ތިބިކަމަށެވެ.

މައިކްރޮސޮފްޓް 365 ގައި މައިކްރޮސޮފްޓްގެ ހުރިހާ ސޮްފްޓްވެއާރ އެއް ލިބެން ހުރެއެވެ. އޭގެ ތެރޭގައި މައިކްރޮސޮފްޓް ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް އަދި އެހެނިހެން ސޮފްޓްވެއާރ ތައް ހިމެނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ