އިސްލާމް ދީނުގަ އޮތީ ކުރިން އަމަލުކުރި ގޮތް ދޫނުކުރުމެއް ނޫން- ރަނގަޅު ގޮތް އެނގުމުން އެގޮތަށް އަމަލުކުުރުން: ޝައިޚް ޢަލީ ޒައިދު

އިސްލާމް ދީނުގަ އޮތީ ކުރިން އަމަލުކުރި ގޮތް ދޫނުކުރުމެއް ނޫން- ރަނގަޅު ގޮތް އެނގުމުން އެގޮތަށް އަމަލުކުުރުން: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

އިސްލާމް ދީނުގައި އޮތީ އެމީހަކު ކުރިންސުރެ އަމަލުކުރަމުން އަންނަ ގޮތުގައި ހިފަހައްޓައި އެގޮތުގައި ދެމިތިބުން ނޫން ކަމަށާއި ރަނގަޅު ގޮތް އެނގުމުން އެގޮތަށް ޢަމަލުކުރުން ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްކެއެވެ.

ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ދަރުސް ދެއްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އިސްލާމް ދީނުގައި ހަލާލު ނުވަތަ ހުއްދަ ކަންތައްތައް ވަރަށް ގިނަ ކަމަށާއި ޙަރާމް ކުރައްވަވާފައި ނުވަތަ މަނާކުރައްވަވާފައި ވަނީ ވަރަށް މަދު ކަންތައްތަކެއް ކަމަށެވެ. ހަލާލް ކަންތައްތަކުގެ ލިސްޓެއް ނެތީ އަދި ޙަރާމް ކަންތައްތައްތަކުގެ ލިސްޓެއް އޮތީ އެ ސަބަބަށްޓަކައި ކަމަށެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ހަރާމް ކަންކަމުގެ ގޮތުގައި ކަނޑައެޅޭނީ ދީނުގައި އެއީ ހަރާމް ކަމެއްގެ ގޮތުގައި ބަޔާން ކުރެވިފައިވާ ކަންކަން ކަމަށެވެ. އެނޫން ކަންކަމަކީ ހަރާމް ކަމެއްގެ ގޮތުގައި ކަނޑައަޅަން ބައަކު ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށެވެ.

ޝައިޚް އަލީ ޒައިދު ވިދާޅުވީ މިސްކިތުގައި ޤްރްއާން ކިޔަވަން އިންދާ މީހަކު ސަލާމް ކުރުމަކީ ޙަރާންކަމެއް ކަމަށް ކަނޑައަޅަން ބޭނުންވާ ބައަކުވެސް އެބައުޅޭ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އެއީ ޙަރާމް ކަމެއްކަން އެނގޭނެ އެއްވެސް ދަލީލެއް ނެތުމުން ކަމަށެވެ.

"އެމީހާ އެދޭ ގޮތަށް ފަތުވާ ނުދިނީމާ ރުޅިގަދަވާ މީހުންވެސް އެބައުޅޭ. ނަމަވެސް ދީނުގެ ކަންކަމުގައި ފަތުވާ ދޭންޖެހޭނީ ސާބިތު ދަލީލުތައް ހުންނަ ކަންކަމުގައި. މީހަކު އެދޭހައި ގޮތަކަށް ފަތުވާއެއް ނުދެވޭނެ."

ދަރުސަށްފަހު މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ސަލާމް ކުރުމާއި ސަލާމް ބަލައިގަތުމުގެ މަތިވެރިކަން ބަޔާންކޮށްދެއްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ސުންނަތް ނަމާދަކަށް ހުންނަވަނިކޮށް ބޭކަލަކު ސަލާމް ގޮވާލެއްވުމުން އަތްޕުޅުގެ ނުވަތަ އިނގިލިފުޅުގެ އިޝާރާތުން އޭނާއަށް ޖަވާބު ދެއްވެވި ކަމަށެވެ.

(މިކަމުން ސަލާމް ކުރުމާއި ސަލާމަށް ޖަވާބުދިނުމުގެ މަތިވެރިކަން އެނގިގެން ދެއެވެ. ނަމަވެސް ނަމާދަށް ތިއްބައި އެފަދަ އަމަލުތައް އަޅުގަނޑުމެން ކުރުމަކީ އިތުރަށް ވިސްނަން ޖެހޭނެ ކަމެކެވެ. އަނެކާގެ ނަމާދަށް އެކަމުން ލިބިދާނެ ގެއްލުންތަކަށްޓަކައެވެ.)

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް