އާޚިރަތުގަ ސަލާމަތްކަން އޮތީ އޭ ރިޕޯޓް ހޯދަން މަސައްކަތް ކޮށްގެން: ޝައިޚް ޢަލީ ޒައިދު

އާޚިރަތުގަ ސަލާމަތްކަން އޮތީ އޭ ރިޕޯޓް ހޯދަން މަސައްކަތް ކޮށްގެން: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

އާޚިރަތް ދުވަހު ސަލާމަތްކަމަށް އެދޭނަމަ އޮތީ ގަދަ އަޅައި އޭ ރިޕޯޓެއް ހޯދަން މަސައްކަތް ކުރުން ކަމަށާއި އެގޮތުން ނޫނީ ސަލާމަތްކަމެއް ނެތްކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ބައެއް ކަންކަން ކުރަނީ އެނގިތިބެ ކަމަށެވެ. ރަނގަޅު ގޮތް އެނގުމުން ވެސް ގޮތް ދޫނުކުރަންވެގެން ނުބައި ގޮތަށް އަމަލުކުރަނީ ކަމަށެވެ.

މިސާލު ދައްކަވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ވިއްސާރަވުން ފަދަ މަޤްބޫލް ޢުޒުރެއް ނެތް ނަމަ ޢީދު ނަމާދުކުރަންޖެހޭނީ ބޮޑު ޖަމާއަތް ހަދައިގެންކަން އެއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް ކަމަށެވެ. އެއީ އެންމެ ރަނގަޅު، އެންމެ ޞައްޙަ ގޮތްކަންވެސް އެނގޭ ކަމަށެވެ. "އެހެން ކަމާއިއެކުވެސް ބައެއް މީހުން އެބަހުރި ހެނދުނު ޢީދު ނަމާދުކުރަން ތަން ތައްޔާރުކޮށް ސަތަރި ފަތުރައި ހެދީމާ ރޭގަނޑު އައިސް އެތަކެތި އެއްލާލާފައިވެސް. މިއީ ހިތާމަކުރަންޖެހޭ ކަމެއް."

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިސްކިތްތަކުގައި ވެސް ޢީދު ނަމާދު ކުރެވޭނެ ކަމަށާއި ނަމަވެސް އެންމެ ސަވާބު ބޮޑު ގޮތަކީ މިސްކިތުން ބޭރުގައި ބޮޑު ޖަމާއަތް ހަދައިގެން ޢީދު ނަމާދުކުރުން ކަމަށެވެ. "އެންމެ ސަވާބު ބޮޑު ގޮތް ފެންނަން އޮއްވައި، އެގޮތަށް ކުރެވެން އޮއްވައި ކީއްކުރަންތޯ އެނޫން ގޮތަކަށް ކުރަންވީ؟ އަޅުގަނޑުމެން އޭ ރިޕޯޓަކަށް މަސައްކަތްކުރީމާ ލިބެނީ ބީ ރިޕޯޓެއް، ބީ ރިޕޯޓަކަށް މަސައްކަތްކުރީމާ މިލިބެނީ ސީ ރިޕޯޓެއް. ސީ ރިޕޯޓަކަށް މަސައްކަތްކުރީމާ ވާނީ ފެއިލް."

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެތައް ގިނަ ހެޔޮ ކަންތައްތަކެއް ކުރައްވަމުންވެސް ސަލަފުއް ޞާލިހުން އަބަދުވެސް އެންމެ ބޮޑަށް ސަމާލުކަން ދެއްވެވީ ވީހައި ގިނަ ސަވާބު ލިބިވަޑައިގަންނަވާނެ ގޮތްތަކަށް އަމަލުފުޅު ކުރެއްވެވުމަށް ކަމަށެވެ. އެއީ އެބޭކަލުން ކުރައްވަވާ އަމަލުފުޅުތައް މާތްﷲ ޤަބޫލުފުޅު ނުކުރައްވަވައިފާނެކަމުގެ ބިރަށް ކަމަށެވެ. އެހެންކަމުން ސަލާމަތް ކަމަށް އެދޭނަމަ އަޅުގަނޑުމެން ވެސް އަމަލުތައް ކުރަންޖެހޭނީ އެގޮތަށް ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް