ޖޫންމަހު ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު 7.8 އިންސައްތަ އިތުރުވެއްޖެ

ޖޫންމަހު ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު 7.8 އިންސައްތަ އިތުރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ޖޫންމަހު ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު 7.8 އިންސައްތަ އިތުރުވެއްޖެއެވެ.

ޖޫން މަހުގެ ޓުއަރިސްޓު އަރައިވަލް ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ މަހު ރާއްޖެ އައިސްފައިވަނީ 85،222 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އައި 79،034 ޓޫރިސްޓުންނަށް ވުރެ 7.8 ޕަސެންޓު އިތުރު ޢަދަދެކެވެ.

މިދިޔަ މަހު ވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން މިދިޔަ މަހު 24،160 ފަތުރުވެރިން އައިސްފައިވީ ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާ އިރު އެޤައުމުން އައި ފަތުރުވެރިންގެ ޢަދަދު ވަނީ މިދިޔަ މަހު 15.7 އިންސައްތަ ދަށްވެފައެވެ.

އަހަރުން އަހަރަށް ބަލާ އިރު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 657،540 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 619،921 ފަތުރުވެރިންގެ 6.1 އިންސައްތައިގެ ކުރިއެރުމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް