ޝައުޤުވެރިވާންވީ މީސް މީހުންނަށް ފެންނަ ހުވަފެނާ ކުރެހުމަކަށް ނޫން- ޤްރްއާނަށް: މުފްތީ މެންކް

ޝައުޤުވެރިވާންވީ މީސް މީހުންނަށް ފެންނަ ހުވަފެނާ ކުރެހުމަކަށް ނޫން- ޤްރްއާނަށް: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ޝައުޤްވެރިވާންވީ މީސް މީހުންނަށް ފެންނަ ހުވަފެންތަކަށާއި ފެންނަ ކުރެހުންތަކަށް ނޫން ކަމަށާއި ޝައުޤުވެރިވާންވީ ކީރިތި ޤްރްއާނަށް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް ވިދާޅުވީ މުސްލިމުންގެ ގިނަ ބައަކު ސޯޝަލް މީޑިއާގައިވެސް މިއަދު ސަމާލުކަން އެންމެ ބޮޑަށް ދެނީ މީހުންނަށް ފެނުނު ކަމަށް ބުނާ ހުވަފެންތައް ކިޔުމަށާއި ތަފާތު ކުރެހުންތައް ބެލުމަށް ކަމަށެވެ. ނަމަވެސް އެއީ އެކަން ކުރަންވީ ގޮތް ނޫން ކަމަށެވެ.

"ކޮންމެވެސް މީހަކު ލާފާނެ ފޮޓޯއެއް ކޮންމެވެސް ތަރުކާރީއަކުން މާތްﷲގެ ކަލިމަފުޅާ އެއްވައްތަރުގެ ކުރެހުމެއް ފެނިގެން. ދެން އެއީ މާބޮޑު ކަމަކަށް ހަދައިގެން އެތައް ހާސް ބައަކު އުޅެފާނެ އެކަމުން ސަލާމަތް ނުވެވިގެން، މެސެޖުތައް އެބަފޮނުވާ އެ ތަޞްވިރު 10 މީހުންނަށް ފޮނުވީމާ މިވެނިކަމެއް ވާނެކަމަށް. ބައްލަވަ! ނިކަން ވިސްނަވަބައްލަވަ! ކާކު ގާތު ކާކުތޯ އެކަން އެހެންވާނެކަން އޭނާއަށް ބުނެދިނީ؟ ދީނާއި ގުޅުވައިގެން ޤަބޫލުކުރަންޖެހޭނީ ޤްރްއާނާއި ސުންނަތުން ސާބިތުވާ ކަންކަން. ދެން ކިހިނެއްތޯ މީހަކު އަމިއްލައަށް ކަނޑައަޅާނީ މިވެނި ލިޔުމެއް ނޫނީ މިވެނި ފޮޓޯއެއް ފޮނުވީމާ މިވެނި ފައިދާއެއް ކުރާނެކަން؟ އޭނާއަށް އެކަން ﷲ އެނގެވީތޯ؟ ސުބްހާނަﷲ! އެކަން އެހެނެއް ނުވާނެ! ފައިދާ ހޯދަން ކުރަންވީ ކަންކަން ﷲ ވަނީ މާކުރިން އަންގަވައި ނިމިފައި،"

ހިންދޫން ނުވަތަ އެހެން ދީނެއްގެ ބައަކު އަޅުކަންކުރާ އެއްޗަކާއި ވައްތަރު ކުރެހުމެއް މޭވާއެއް ފަދަ އެއްޗަކުން ފެނިއްޖެނަމަ އެއީ މާވަރުގަދަ މުއުޖިޒާތަކަށް ހަދައި އެދީނަކަށް އެނބުރޭނީތޯ ވެސް މުފްތީ މެންކް ވަނީ ސުވާލު އުފައްދަވައިފައެވެ.

މުފްތީ މެންކް ވިދާޅުވީ މިބާވަތުގެ ކަންކަން ޤަބޫލުކުރުމާއި އަމަލުކުރުން ވެގެންދާނީ ޝިރުކުގެ އަމަލުތަކަށް ކަމަށެވެ. އެހެންކަމުން ޝިރުކުގެ ތެރެއަށް ގެއްލި ހަލާކުވެގެން ދިއުމުގެ ބަދަލުގައި އިންޓަރނެޓް ބޭނުންކުރަންވީ ވެސް ކީރިތި ޤްރްއާނާއި ޙަދީޘްފުޅުތައް ދަސްކުރަން ކަމަށެވެ. ފައިދާއެއް ކުރާނީ އެއިރުން ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް