އުމުރުން 17 އަހަރުގައި ސިނގިރޭޓް ބޯން ފެށި، މިހާރު އުމުރުން 24 އަހަރުގައި ހުރީ ކެންސަރު ޖެހިފަ

އުމުރުން 17 އަހަރުގައި ސިނގިރޭޓް ބޯން ފެށި، މިހާރު އުމުރުން 24 އަހަރުގައި ހުރީ ކެންސަރު ޖެހިފަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

މެލޭޝިއާ ގެ މުޙައްމަދު ފާއިދް، ދުންފަތުގެ އިސްތިއުމާލް ކުރަން ފެށީ އެނާގެ އުމުރުން 17 އަހަރުގައެވެ. ރައްޓެހިންނާއި އެކު ދުވާލަކު ފަސް ސިނގިރޭޓް ނުވަތަ ހަ ސިނގިރޭޓް ފާއިދް ބުއިއެވެ. ނަތީޖާއެއްގެ ގޮތުން، އުމުރުން އެންމެ 24 އަހަރުގައި ފާއިދް އަށް ވަނީ އަނގައިގެ ކެންސަރ ޖެހިފައެވެ. އަދި އޭނާއަކީ ކެންސަރ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން މުޅި މެލޭޝިއާ ގައި ވެސް ހުރި އެންމެ ޒުވާން ބަލިމީހާއެވެ.

ފާއިދް އަށް މިހާރު ހޮސްޕިޓަލް ކުއާލަ ލަމްޕޫރް (އެޗްކޭއެލް) އިން ދަނީ ކީމޯތެރަޕީ ގެ ޚިދުމަތް ދެމުންނެވެ. ޔުނިވަރސިޓީ އެއްގައި ތަޢުލީމް ޙާސިލް ކުރަމުން ދިޔަ މުޙައްމަދު ފާއިދް ބުނިގޮތުގައި، އެންމެ ފުރަތަމަ އޭނާގެ ދުލުގެ ވާތް ފަރާތުގައި ފޮޅެއް ފާޑުގެ އެއްޗެއް ނެގިއެވެ. ނަމަވެސް އެފަހަރު އެކަމަށް ފަރުވާލެއް ނުބެހެއްޓީ ދުލުގައި އޭތި ނަގާފައި އިން ކަމުގައި ވިޔަސް އެއްވެސް ވަރަކަށް ތަދު ނުވާތީ ކަމަށް ވެސް ފާއިދް ބުންޏެވެ.

ނަމަވެސް ފަހުން އެފޮޅު ބޮޑުވެ، ތަދުވާން ފެށިއެވެ. އެއްވެސް ވަރަކަށް އެފޮޅު ރަނގަޅު ނުވުމުން، ޑޮކްޓަރަށް ދެއްކުމުން، އޭތި ކެންސަރަށް ވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ފާއިދް ގެ މަންމަ އަނީތާ ބުންޏެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން މިއަހަރު މެއި މަހާއި ހަމައަށް ފާއިދް ގެ އަނގައިން ލޭ އައި ކަމަށާއި ދުލުގެ އެއްފަޅި ފަނިކައިފާ ހުންނަ ގޮތަށް ހުރި ކަމަށް ވެސް އަނީތާ ބުންޏެވެ.

ފެބްރުއަރީ މަހާއި ހަމައަށް ކެންސަރު ލެވެލް ދޭއްގައި ހުރި ކަމުގައި ވިޔަސް، މެއި މަހުގައި ޗެކް ކުރުމުން ފާއިގް އަށް ޖެހިފައި ހުރި ކެންސަރ ހުރީ ލެވެލް ތިނެއްގައި ކަމަށް ޑޮކްޓަރުން ބުނި ކަމަށް ވެސް ފާއިދްގެ މަންމަ ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ފާއިގް ގެ ދުލުގެ އެއްބައި އޮޕަރޭޝަން ކޮށްގެން ނަގާފައިވެއެވެ.

"ޑޮކްޓަރުންނަށް ޖެހުނީ އޭނާގެ ފައިގެ ފަލަމަސްގަނޑުން މަސްކޮޅެއް ނަގައިގެން، އެބައި ފާއިގް ގެ ދުލާއި ގުޅުވަން. އޭގެ ފަހުން ފާއިފް އަށް މިހާރު ކުޑަކޮށް ވާހަކަ ދެއްކޭ، އެކަމަކު އަނގައިން ނުކެވޭ. އޭނާއަށް ކާންދެނީ ހޮޅި ގުޅައިގެން" ފާއިދް ގެ މަންމަ އަނީތާ މައުލޫމާތު ދިނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
40%
ރަނގަޅު
20%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ