މީސްތަކުންގެ ހައްޤުތަކަށް އަރައިގަންނަނީ އާޚިރަތް ޤަބޫލުނުކުރާތީ: ޝައިޚް އިލްޔާސް

މީސްތަކުންގެ ހައްޤުތަކަށް އަރައިގަންނަނީ އާޚިރަތް ޤަބޫލުނުކުރާތީ: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

އަޅުގަނޑުމެންގެ ތެރޭގައި މީސްތަކުންގެ ހައްޤުތަކަށް އަރައިގަނެ އެމީހަކު ކުރަން ބޭނުންވި ކޮންމެ ކަމެއް ކުރުން ޢާންމުވެއްޖެ ކަމަށާއި އެގޮތަށް އެކަން އެކުރަނީ އާޚިރަތް ޤަބޫލުނުކުރާ މީހުން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ހުކުރު ވިލޭރޭ މާފަންނު ބަންޑާރަ މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް އިލްޔާސް ވިދާޅުވީ މަރުވާނެ ކަމާއި ޢާޚިރަތް ދުވަސް އަންނާނެ ކަމާއި އެދުވަހުން މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމާއި އެދުވަހުން ތިމާއަށް އެހީތެރިވާނެ އެއްވެސް މީހަކު ނުހުންނާނެ ކަމާއި މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނީ ތިމާ އެކަނިހުރެކަން ޤަބޫލުކުރާ އެއްވެސް މީހަކު އެއްވެސް މީހެއްގެ ހައްޤަކަށް އަރައި ނުގަންނާނެ ކަމަށެވެ.

"އެހެންވެ މާތް ﷲ ވަޙީކުރައްވަވާފައި އެވަނީ މާތް ﷲ ގެ އަށް ބިރުވެތިވުމަށް. ތަޤްވާވެރިވުމަށް. މިއީ އެންމެން ހިމެނޭ ގޮތަށް އެންމެންނަށް މާތް ﷲ ކުރެއްވެވި އެންމެ އަގުބޮޑު ވަޞިއްޔަތް."

ޝައިޚް އިލްޔާސް ވިދާޅުވި ކީރިތި ޤްރްއާނުގެ އެންމެ ފަހު އާޔަތެއްގެ ގޮތުން މާތް ﷲ ބާވައިލެއްވެވި އާޔަތުގެ މާނައިގައިވަނީ ހަމަ އެންމެ ނަފުސަކަށްވެސް އެމީހަކު ދުނިޔޭގައި ކުރި ކަންކަމަށް ޖަވާބުދާރީ ނުވެ ސަލާމަތް ނުވެވޭނެ ކަމަށެވެ.

ހުކުރުވިލޭރޭ ބަންޑާރަ މިސްކިތުގައި ދަރުސް ދެއްވަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ މިއާޔަތުން ހާޞިލުކުރަންޖެހޭ އިބާރަތްތައް ވަރަށް ގިނަ ކަމަށާއި އަދި ކީީރިތި ޤްރްއާނުގެ އެންމެ ފަހު އާޔަތެއްގެ ގޮތުގައި މި މެސެޖު މާތް ދެއްވެވުމުން ވިސްނަންޖެހޭ ކަންތައްތައް ވަރަށް ގިނަ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ހަމަ ކޮންމެ މީހަކީވެސް މަރުގެ ރަހަ ދެކެނޖެހޭނެ މީހެއް ކަމަށާއި މަރުނުވެ ދާއިމަށް އެންމެ މީހަކު ނަމަވެސް ދުނިޔޭގައި ހުންނާނެނަމަ އެ އިންސާނަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކަމަށް ކީރިތި ޤްރްއާނުގައި މާތްﷲ ބަޔާންކުރައްވަވައިފައިވުމަކީ ވެސް އެކަމާއިމެދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ މަރުނުވެ އެއްވެސް މީހަކު ދާއިމަށް ދުނިޔޭގައި ހުންނާނެނަމަ އެ އިންސާނަކަށްވާނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކަމަށެވެ. ހަމަ ޔަޤީނުންވެސް އެނގޭ ކަމަކީ ކޮންމެ މީހަކަށް ވެސް އަދި ކަމަކަށްވެސް އަޖަލެއް އަންނާނެކަން ކަމަށެވެ. ނުއެނގެނީ އެކަން ކުރިމަތިވާނެ ވަގުތު ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ބަދަލުވަމުން ދާނީ އިންސާނުން ހަދާ ޤަނޫނުތައް ކަމަށާއި މާތް ﷲ ގެ ޤާނޫނުތައް ބަދަލު ނުވާނެ ކަމަށެވެ. އިލާހީ ޤަނޫނުތަކުގެ ފުރިހަމަ ކަމަކީވެސް އެ ޤާނޫނުތަކަށް އެއްވެސް ބަދަލެއް ނައިސް ދާއިމަށް ދެމިއޮންނަކަން ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް