އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ "ރަން އިން އައްޑޫ" އަށް ބާކީ 10 ދުވަސް – ބާކީ ހުރީ 5 ކިލޯމީޓަރުގެ 20 ޖާގަ

ޓީއެފްޖީ "ރަން އިން އައްޑޫ" އަށް ބާކީ 10 ދުވަސް – ބާކީ ހުރީ 5 ކިލޯމީޓަރުގެ 20 ޖާގަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިންއައްޑޫސިޓީގައި ބާއްވާ " ރަން އިން އައްޑޫ" ފެށެން އެންމެ 10 ދުވަހަށްވެފައިވާ އިރު، މިހާރު ބާކީ ހުރީ ހަމައެކަނި 5 ކިލޯމީޓަރު ދުވުމުގެ ވަރަށް މަދު ޖާގަކަމަށް ޓީއެފްޖީ އިން ބުނެފިއެވެ.

މިއަދުނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޓީއެފްޖީގެ ޑިރެކްޓަރ މުޙައްމަދު މިސްތޯ ވިދާޅުވީ މިހާރު ބާކީ ހުރީ 5 ކިލޯމީޓަރުގެ ގާތްގަޑަކަށް ވިއްސަކަށް ޖާގަކަމަށެވެ.
"ފުލްމެރަތަން، ހާފު މެރަތަން، 10 ކިލޯމީޓަރުގެ ހުރިހާ ޖާގައެއް ފުލްވެއްޖެ. އަނެއްކާ 15 ވަނަ ދުވަހު ބާއްވާ ކުޑަކުދިންގެ އިވެންޓުގެ ޖާގަވެސް ވަނީ ފުލްވެފަ. ބާކީ މިހާރު ހުރީ ހަމައެކަނި 5 ކިލޯމީޓަރުގެ ވިއްސަކަށް ޖާގަ" މިސްތޯ ވިދާޅުވިއެވެ.

މިސްތޯ ވިދާޅުވީ މިފަހަރު އެންމެ އުފާވީ "ދުވުމުގައި ބައިވެރިވެފައިވާ ގިނަ ދުވުންތެރިންނަކީ އައްޑޫސިޓީގެ ދުވުންތެރިންނަށްވުން" ކަމަށާއި ގިނަ މީހުން ރެޖިސްޓްރީކޮށްފައިވަނީ އިންލައިންކޮށް" ކަމަށްވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ މިފަދަ ދުވުންތަކަށް ހޭލުންތެރިކަން އިތުރުވެފައިވާ މިންވަރު ދަށްކުވައިދޭ ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ވަރަށް އުފާ ކުރައްވާ ކަމަށެވެ.

މިސްތޯ ވިދާޅުވީ މިހާރު ކުރިއަށްދަނީ ދުވުމުގައި ބޭނުންކުރާ މަގުތައް ރީތިކުރުން ކަމަށެވެ. އަދި އެހެން ދުވުންތަކާއި ޚިލާފަށް "ރަން އިން އައްޑޫ" ގައި ދުވުމުގައި ބޭނުންކުރާ ކޮންމެ މަގެއްގައިވެސް އެމީހަކަށް ދުވެވުނު ކިލޯމީޓަރާއި ބާކީ އޮތީ ކިތައް ކިލޯމީޓަރުކަން އަންގައިދޭ ބޯޑުތައް ހަރުކޮށްފައި ހުންނާނެ ކަމަށެވެ.

"މިހާރު ކުރިއަށްދަނީ މަގުތައް ރީތިކުރުމުގެ ކަންތައް. މިފަހަރު ހުންނާނެ ކޮންމެ 2.5 ކިލޯމީޓރަރަކުން ބޯޑު ބަހައްޓާފަ. އެހެންވީމަ ކޮންމެމީހަކަށްވެސް އިނގޭނެ ބާކީ ދުވަންޖެހެނީ ކިތައް ކިލޯމީޓަރުކަން" މިސްތޯ ވިދާޅުވިއެވެ.

ޓީއެފްޖީ އިން މާލޭސިޓީން ބޭރުގައި ބާއްވާ ފުރަތަމަ އިވެންޓު "ރަން އިން އައްޑޫ" ގައިވެސް ފުލް މެރަތަން، ހާފު މެރަތަން، 10 ކިލޯމީޓަރ އަދި 5 ކިލޯމީޓަރު ވަނީ ހިމަނާފައެވެ.

ފުލް މެރަތަން ނުވަތަ 42.2ކިލޯމީޓަރގެ ދުވުން 15 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ގައިކަނބިހާ މަގުން ފެށުމަށްތާވަލުކޮށްފައިވާ އިރު، ހާފު މެރަތަން ނުވަތަ 21.1 ކިލޯމީޓަރގެ ދުވުން 15 ވަނަ ދުވަހުގެ ހެނދުނު 6:45 ގައި ފަށާނީ ގަން އިންޓަރނޭޝަނަލްއެއަރޕޯޓުންނެވެ. 10ކިލޯމީޓަރުގެ ދުވުން ހިތަދޫ ލިންކް ރޯޑުން ހެނދުނު 7:45 ގައި ފަށާއިރު، 5 ކިލޯމީޓަރގެ ދުވުން ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45ގައެވެ.

މި ހުރިހާ ދުވުމެއްވެސް ނިންމާނީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރު ކައިރިއަށެވެ.

މި ދުވުމުގައި ދިވެހިންގެ އިތުރުން ޗައިނާ އާއި ޖަޕާން އަދި އިންޑިއާ ދުވުންތެރިން ވަނީބައިވެރިވެފައެވެ.

މި ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތުއަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށްއޮފިޝަލް ޓައިމިންގ ޓެކްނޮލޮޖީ ޕާޓްނަރ ގޮޓްރޭސްޑޮޓްކޮމްގެ http://www.gotorace.com/event/runinaddu/ މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ.

"ބްރޭކް ޔޯސްޕީޑް" މި ޝިޢާރުގެދަށުން އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައްމަދުކުރުމަށާއި ވެހިކަލްތައް ދުއްވާ ސްޕީޑް މަޑުކުރުމަށް ޢާންމުންހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ މި ދުވުމުގެ 5 ކިލޯމީޓަރާއި 10 ކިލޯމީޓަރު ދުވާ ދުވުންތެރިންނަށް ރޭހަށް ތައްޔާރުވާނެގޮތާއި ދުވުމާއިގުޅޭ އެހެނިހެން މަޢުލޫމާތު ދިނުމަށް ޚާއްޞަ ސެޝަނެއް އައްޑޫސިޓީގައި މާދަމާ އޮންނާނެއެވެ. މި ސެޝަން އޮންނާނީ އައްޑޫ ސިޓީކައުންސިލުގެ ސިޓީ ހޯލުގައެވެ.

ރޭހުގެ އެކްސްޕޯ އޮންނާނީ ރޭހުގެ އެއްދުވަސްކުރިން ސެޕްޓެމްބަރު 15 ވަނަ ދުވަހު އައްޑޫ ސިޓީ ހޯލުގައި ހެނދުނު 9 އިން ރޭގަނޑު 21:00 އަށެވެ. މި އެކްސްޕޯގައި ރޭސް ކިޓް ދޫކުރުން އޮންނާނެއެވެ. މިދުވަހަކީ ހުކުރުދުވަސް ކަމަށްވާތީ މެންދުރު 11:00ން ފެށިގެން 14:00އަށް އެކްސްޕޯރ ބަންދުވާނެއެވެ.

މި ދުވުމުގެ މެއިން ސްޕޮންސަރއަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)،ގަން އިންޓަރނޭޝަނަލް އެއަރޕޯޓް، ސޮނީ ސްޕޯޓްސް، ޕްރިންޓްލެބް،މޯލްޑިވިއަން އަދި މިހާރު ނޫހުގެ އެހީތެރިކަން ޓީއެފްޖީން އަންނަނީ ހޯދަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް