ޔުވެންޓަސްގެ މައްޗަށް ފަސޭހަކަމާއެކު ބާސާއިން ކުރި ހޯދައިފި

ޔުވެންޓަސްގެ މައްޗަށް ފަސޭހަކަމާއެކު ބާސާއިން ކުރި ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ޔުއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާ ދެކޮޅަށް ބާސާ ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެއެވެ.

ރޭ ކުޅުނު މެޗުން ޔުވަންޓަސްގެ މައްޗަށް ބާސާ ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ދެޓީމަށްވެސް ލަނޑު ޖަހަން ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް މެޗުގެ 45 ވަނަ މިނެޓުގައި ބާސާ އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ލުއިސް ސުއަރޭޒްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީ އެވެ.

ބާސާއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ ވަރަށް ކުރީކޮޅު މެޗުގެ 56 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދިނީ އިވާން ރަކިޓިޗް އެވެ.

ޔުވެންޓަސް އަށް ވެސް ވަނީ ދެވަނަ ހާފްގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް މީގެން އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށް ވަނީ ހިފޭގޮތް ނުވެފައެވެ.

ބާސާ އަށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ 69 ވަނަ މިނެޓުގައި އަންދްރޭސް އިނިއެސްޓާގެ އެހީތެރިކަމާއެކު ލިއޮނެލް މެސީ އެވެ. މިއީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މެސީ ކާމިޔާބުކުރި 96 ވަނަ ލަނޑެވެ.

މިމެޗުގެ އިތުރުންވެސް މި ގުރޫޕުގެ އިތުރު މެޗެއް ވަނީ ރޭގައި ކުޅެފައެވެ. އޮލިމްޕިއާކޮސް އަދި ސްޕޯޓިން ސީޕީ ބައްދަލުކުރި މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕޯޓިން ސީޕީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
ޢަބްދުލްޙައްނާން