އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ "ރަން އިން އައްޑޫ" އެކްސްޕޯ މާދަމާ ބާއްވަނީ

ޓީއެފްޖީ "ރަން އިން އައްޑޫ" އެކްސްޕޯ މާދަމާ ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ޓީއެފްޖީ "ރަން އިން އައްޑޫ" އެކްސްޕޯ މާދަމާ އޮންނާނެއެވެ.

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން މާލޭސިޓީން ބޭރުގައި ބާއްވާ ފުރަތަމަ އިވެންޓު ކަމަށްވާ "ރަން އިން އައްޑޫ" ދުވުމުގެ އެކްސްޕޯ އޮންނާނީ އައްޑޫސިޓީ ހޯލުގައި ހެނދުނު 09:00 އިން ރޭގަނޑު 21:00 އަށެވެ.

މި އެކްސްޕޯގައި އޮންނާނީ ރޭސް ކިޓް ދޫކުރުމާއި އެންމެފަހުގެ މަޢުލޫމާތު ދިނުމެވެ. އެގޮތުން "ރަން އިން އައްޑޫ" ގައި ބައިވެރިވާ ދުވުންތެރިންނަށް ދުވުމުގައި ބައިވެރިވުމަށާއި ނިންމާފަ، އެނބުރި އެމީހުން ތިބޭ ތަނަކަށް ދިއުމަށް ހަމަޖައްސާފައިވާ ބަސްދަތުރުގެ މަޢުލޫމާތު ދިނުން އޮންނާނެއެވެ.

ޓީއެފްޖީގެ ދުވުންތައް މާލޭގެ ތޮށިގަނޑު ފަޅާލައި، އައްޑޫސިޓީގައި "ބްރޭކް ޔޯ ސްޕީޑް" މި ޝިޢާރުގެދަށުން ބާއްވާ މިދުވުމަކީ އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށާއި ވެހިކަލްތައް ދުއްވާ ސްޕީޑް މަޑުކުރުމަށް ޢާންމުން ހޭލުންތެރިކުރުވުމެވެ.

މި ދުވުމުގައިވެސް ޓީއެފްޖީ އިން ހުޅުމާލޭގައި ބާއްވާ ދުވުމުގައި ހިމެނޭ ހުރިހާ ރަހަތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ފުލް މެރަތަން ނުވަތަ 42.2 ކިލޯމީޓަރާއި 21.1 ނުވަތަ ހާފު މެރަތަން އާއި 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު ހިމެނެއެވެ.

ފުލް މެރަތަން 15 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ގައި ކަނބިހާ މަގުން ފަށާއިރު، ހާފު މެރަތަން ދުވުން ފަށާނީ ގަން އިންޓަރނޭޝަނަލް ހެނދުނު 6:45 ގައެވެ. އަދި 10 ކިލޯމީޓަރ ރޭސް ހިތަދޫ ލިންކް ރޯޑުން ހެނދުނު 7:45 ގައި ފަށާއިރު، 5 ކިލޯމީޓަރގެ ދުވުން ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45ގައެވެ.
މި ހުރިހާ ރޭހެއްވެސް ނިންމާނީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރު ކައިރިއަށެވެ.

މި ދުވުމުގައި ދިވެހިންގެ އިތުރުން ޗައިނާ އާއި ޖަޕާން އަދި އިންޑިއާ ދުވުންތެރިން ވަނީބައިވެރިވެފައެވެ.

މިއީ "ރަން އިން މޯލްޑިވްސް" ގެ ނަމުގައި ޓީއެފްޖީން ފަށާފައިވާ ސިލްސިލާގެ ފުރަތަމަ ބޮޅަށްވާ އިރު، ދެވަނަ ބޮޅު ގަތާލުމަށް ނިންމާފައިވަނީ އަންނަ 2018 ވަނަ އަހަރުގެ ޖެނުއަރީ 26/27 ގައި ލ. އަތޮޅުގައި ބާއްވާ ދުވުމުންނެވެ.

މި އިވެންޓުތައް މާލޭ ސިޓީން ބޭރުގައި ބޭއްވިނަމަވެސް ހުޅުމާލޭގައި ބާއްވާ ރަސްމީ އިވެންޓް ކޮކޯކޯލާ ލޯންގ ރަން އަންނަ އަހަރުގެ އޭޕްރިލް 13 ގައި އޮންނާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް