އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖެއިން ލިބެންނެތް ގިނަ ފަރުވާތައް ލިބޭނެ: މިނިސްޓަރ ނާޒިމް

ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖެއިން ލިބެންނެތް ގިނަ ފަރުވާތައް ލިބޭނެ: މިނިސްޓަރ ނާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުވުމުން، ރާއްޖެއިން ލިބެން ނެތް ވަރަށް ގިނަ ފަރުވާތައް ލިބެން ހުންނާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޓްރީ ޓޮޕް އިންވެސްޓްމަންޓުން ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާގޮތް މިއަދު ބައްލަވާލެއްވުމަށްފަހު މިނިސްޓަރ ނާޒިމް ވިދާޅުވީ މި ހޮސްޕިޓަލް ހުޅުވުމުން، ރާއްޖެއިން ލިބެން ނެތް ވަރަށް ގިނަ ފަރުވާތައް ލިބެން ހުންނާނެ ކަމަށާއި މި ހޮސްޕިޓަލާ އެކު ފަރުވާ ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ދިޔުން ހުއްޓުމަކަށް އަންނާނެކަމަށެވެ. އަދި އައިޖީއެމްއެޗްގައި މިހާރު އޮންނަ ދިގު ކިއު އަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ.



''ކެންސަރަށް ފަރުވާ ދިނުމާއި ޑައިލެސިސްގެ ހިދުމަތް ވެސް މިހޮސްޕިޓަލުން ލިބޭނެ، ހާޓް ޓްރާންސްޕްލާންޓް ކުރުން ފިޔަވާ ހިތުގެ ހުރިހާ ކަމެއް މިތަނުން ކުރެވޭނެ، އަދި ސީޓީ، (ސްކޭން) އެންމެ ފަހުގެ ހޮސްޕިޓަލް ތަކުގައި ހުރި ޓެކްނޮލޮޖީ މިތަނުގައި އެބަހުރި، ޕޭޝަންޓް މިތަނަށް އައުމުން ކޭޓަރިންގެ ހިދުމަތްތައް ވެސް މިތަނުން ލިބެން ހުންނާނެ، އެމަޖެންސީގައި ފަރުވާ ދޭނެ ގޮތާއި އައުޓް ޕޭޝަންޓް އަދި އިން ޕޭޝަންޓްންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ހިދުމަތް ދެވޭނެ ގޮތަށް ތައްޔާރު ކުރެވިފައި ވަނީ،" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.



މިނިސްޓަރު ވިދާޅުވީ މިހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ތިރީހަކަށް ގައުމުގެ ޑޮކްޓަރުން މަސައްކަތްކުރާނެ ކަމަށާއި ކުޑަ މުއްދަތެއްގެ ތެރޭގައި ސިއްހީ ނިޒާމަށް އެންމެ ބޮޑު ބަދަލެއް ގެނެސްދޭ ހޮސްޕިޓަލަށް މިތަން ވެގެންދާނެ ކަމަށެވެ.



މިއަހަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދާއިރު، ހޮސްޕިޓަލް މިއަދު ނޫސްވެރިންނަށް ދައްކާލިއިރުވެސް ވަނީ ހުރިހާ މަސައްކަތެއްހެން ނިމިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު