މި ސަރުކާރުގެ އެންމެ ތިން އަހަރާއި ބައިގެ ތެރޭގައި ވެރިއަކު ޤައުމެއްބިނާ ކުރެއްވި ގޮތް ފެންނަން މިއޮތީ، އޭގެ ވަރަށް ސާފުހެކިތައް އައްޑޫންވެސް މިހާރު ފެންނަމުންދޭ: ސަޢީދު

މި ސަރުކާރުގެ އެންމެ ތިން އަހަރާއި ބައިގެ ތެރޭގައި ވެރިއަކު ޤައުމެއްބިނާ ކުރެއްވި ގޮތް ފެންނަން މިއޮތީ، އޭގެ ވަރަށް ސާފުހެކިތައް އައްޑޫންވެސް މިހާރު ފެންނަމުންދޭ: ސަޢީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު



މި ސަރުކާރުގެ އެންމެ ތިން އަހަރާއި ބައިގެ ތެރޭގައި ވެރިއަކު ޤައުމެއްބިނާ ކުރެއްވި ގޮތް ފެންނަން މިއޮތީ ކަމަށާއި އޭގެ ވަރަށް ސާފުހެކިތައް އައްޑޫންވެސް މިހާރު ފެންނަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މަހާރެހެންދި ފާތުމަތު އިބްރާހީމް އައްޑޫސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާދަތުރުފުޅުގައި ހިތަދޫގައި ބޭއްވި "އަފިރިންނަސް ތައްޔާރަ" ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ އައްޑޫސިޓީއަކީ ތަރައްޤީގެ ނާރެހެއް ކަމަށެވެ. އަދި އައްޑޫސިޓީގެ ރައްޔިތުންނަކީ ތަރައްޤީ ބޭނުންވާ ބައެއް ކަމަށެވެ.
"އައްޑޫ ޑިމާންޑްކުރަނީ ރައީސް އަބްދުﷲ ޔާމީން ކަހަލަ ވެރިއަކަށް. ދިވެހިރާއްޖެ ތަރައްގީ ކުރި އެއްވެސް ޒަމާނެއް އޮތް ނަމަ އެ ޒަމާނެއްގެއެންމެ ބޮޑު ހިއްސާއެއް އޮންނާނީ އައްޑޫ ސިޓީގަ" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

އައްޑޫ ރައްޔިތުންނަކީ ފަތުރުވެރިކަމުގެވެސްލޭނާރު ކަމަށާއި އައްޑޫ ރައްޔިތުންނަކީ ޢިލްމީ އަދި މަސައްކަތްތެރި ބައެއްކަންވެސް ވަނީ އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2018 ވަނަ އަހަރު ރައީސް ޔާމީން ފިޔަވާ ދެވަނަ މީހަކަށް އައްޑޫ ސިޓީ ކޮމްޕްރަމައިޒެއްނުކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އައްޑޫ ސިޓީ މިއޮތީ މި ސަރުކާރާއެކު ފައްކާވެފައި ކަމަށާއި ދެންވެސް ރައީސް ޔާމީންއިންތިޚާބު ކުރުމަށް އައްޑޫސިޓީ އޮތީ ތައްޔާރަށް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް