އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެޑަމް ފާތުން ބަށި މުބާރާތުގެ ޗެމްޕިއަންކަން ފީއަލި ބަށި ޓީމު ހޯދައިފި

މެޑަމް ފާތުން ބަށި މުބާރާތުގެ ޗެމްޕިއަންކަން ފީއަލި ބަށި ޓީމު ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

މެޑަމް ފާތުން ބަށި މުބާރާތުގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބަށި ބޯލް އެސޯސިއޭޝަނުން ބޭއްވި ބަށި މުބާރާތުގެ ޗެމްޕިއަންކަން ފ. ފީއަލި ބަށި ޓީމުން ހޯދައިފިއެވެ.

މިރޭ ކުޅުނު ފައިނަލް މެޗްގައި ފީއަލި ބަށި ޓީމް މުބާރާތް ކާމިޔާބުކޮށްފައިވަނީ 32 ލަނޑު 8 ފޯލިންނެވެ. މުބާރާތުގެ ރަނައަޕް ޓީމްގެ މަޤާމް ހޯދި ކ. މާފުށީ ބަށި ޓީމަށް ހޯދިފައިވަނީ 31 ލަނޑު 11 ފޯއްޔެވެ. އެހެންކަމުން ފީއަލި ބަށި ޓީމު މުބާރާތް ކާމިޔާބުކޮށްފައިވަނީ 9 ފޯލިންނެވެ.



ފީއައްޔަކީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަސި މުބަރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން 3 އަހަރު ހޯދައި ތަށި މިލްކުކޮށްފައިވާ ޓީމެކެވެ.

ފީއައްޔަކީ ރާއްޖޭގެ އެންމެ މޮޅު 2 ޓީމު އޮތް ބަށިކުޅުމަށް މޮޅު ރަށެކެވެ. ފީއަލި ޓީމުން މިރޭ ވެސް ބުނީ އެޓީމަށް ލިބުނު ކާމިޔާބީގެ ފަހަތުގައިވަނީ ސަޕޯޓަރުންގެ ތާއީދު ކަމަށެވެ.



މާފުށީ ބަށިޓީމުން ބުނީ މުބާރާތުން ބަލިވުމުން ހިތާމަކުރާ ކަމަށާއި ނަމަވެސް މިފަދަ މުބާރާތެއްގައި ވާދަކޮށް މިހައި ކުޑަ ތަފާތަކުން ބަލިވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ދެން ބާއްވާ މުބާރާތުގެ ތަށި މާފުށްޓަށް ގެންދިއުމަކީ އުންމީދު ކަމަށެވެ.



މުބާރާތުގެ 3 ވަނަ ޓީމަކަށް ހޮވިފައިވަނީ ލ. ގަމު ބަށި ޓީމެވެ. ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ނ. މާފަރު ބަށި ޓީމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް