ގޮތްދޫނުކުރާ ޖިންނިއަކާއި ރުޤްޔާ ކޮށްގެން ހަނގުރާމަ ކުރާ ވީޑިއޯ އެއް

ގޮތްދޫނުކުރާ ޖިންނިއަކާއި ރުޤްޔާ ކޮށްގެން ހަނގުރާމަ ކުރާ ވީޑިއޯ އެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 34 ސިކުންތު

މިއީ ރުޤްޔާ ކުރުމަށް ރާއްޖޭގައި އެންމެ މަޝްހޫރު އެއް ފަރާތް ކަމުގައިވާ އަޖުނާދު ޢަލީ ދީފައިވާ މަޢުލޫމާތު ތަކަކަށް ބިނާކޮށް، ރުޤްޔާ ކުރުމަށް ޚާއްސަކޮށްލައިގެން ލިޔެފައިވާ ލިޔުމެކެވެ.
ތިރީގައިވާ ވީޑިއޯ އިން ފެންނަނީ، އިންސާނެއްގެ ހަށިގަނޑު ތެރެއަށް ވަދެފައިވާ ފަސޭހައިން ގޮތް ދޫނުކުރާ ޖިންނިއެއްގެ ކިބައިން އެއިންސާނާ ސަލާމަތް ކުރަން މަސައްކަތް ކުރާ މަންޒަރުތަކެކެވެ. ރުޤްޔާ ކުރާ ވަގުތުގައި އެޖިންނި، ހަޑި ހުތުރު އިބާރާތްތަކުން މުޚާތަބު ކުރާތަން ވެސް ދައްކައެވެ. އަދި އިންސާނާގެ ހަށިގަނޑު ތެރެއިން ނުދާން ވެގެން ގޮތް ދޫ ނުކުރުމުން، ރުޤްޔާ ކުރުމަށް އެރާޤީ ތައްޔާރު ކޮށްފައިވާ ފެން، އެމީހާގެ ގަޔަށް ޖަހާތަން ވެސް ދައްކައެވެ. އެޖިންނިއަށް އެފެން ވެގެން ދިޔައީ އެސިޑެއް ފަދައިންނެވެ.ބައެއް މީހުން ދެކޭ ގޮތުގައި ސިޙުރު ހެދުމާއި ރުޤްޔާ ކުރުމަކީ އެކައްޗެކެވެ. ނަމަވެސް މިއީ މުޅިން ތަފާތު ހަމަތަކެއް ހިނެމިގެންވާ ތަފާތު ދެކަމެއްކަން އެމަޢުލޫމާތު ތަކުން ހާމަވެގެން ދެއެވެ.
ރުޤްޔާ ކުރުމަކީ ކޮބާ؟

ޢަރަބި ބަހުގައި ރުޤްޔާ އޭ ބުނުމުން މާނަ ކުރެވެނީ ދިވެހި ބަހުގައި ފަންޑިތަ މިބަސް އައިސްފައިވާ ގޮތަށް އެހުރިހާ މާނައެއް ވެސް ހިމެނިގެންނެވެ. ނަމަވެސް ސަލާމަތުން ދީނުގައި ސާބިތުވެ ތިބުމަށްޓަކައި އޭގެ ތަފްސީލު ކޮންމެ ދިވެއްސަކަށްވެސް އެނގެން އެބަޖެހެއެވެ.

އެހެންކަމުން މައިގަނޑު ގޮތެއްގައޮ ރުޤްޔާ މާނަ ކުރާނަމަ ކުރެވޭނީ އެއީ ބައްޔެއް ރަނގަޅު ކުރުމަށް ނުވަތަ މުސީބާތެއް ޖެހިފައިވާ މީހަކު އެމުސީބާތަކުން ސަލާމަތް ކުރުމަށްޓަކައި ނުވަތަ ކަމެއް ހާސިލް ކުރުމަށްޓަކައި ކިޔެވޭ ކިޔެވުމަށެވެ. ރުޤްޔާ ބެހިގެންވާ ބައިތަކަށް ބަލާލާއިރު އެއީ:

• ރުޤްޔާ ޝަރުޢިއްޔާ (ޝަރުޢީ ފަންޑިތަ): މިއީ މާތް ﷲ ގެ ކަލަމްފުޅު (ކީރިތި ޤުރްޢާން) އާއި މާތް ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ބޭނުން ކޮށްގެން ޙަރާން ކަމެއް އެކުލެވިގެންނުވާ ގޮތަށް އެއްވެސް ވަރަކަށް ޝިރުކު ނުވާ ގޮތަށް ކުރާ ރުޤްޔާ އެވެ. މިފަދަ ރުޤްޔާ ތަކަކީ ހުއްދަ އަދި ސުންނަތުން ސާބިތުވާ އަދި ކުރުން އެދެވިގެންވާ ރުޤްޔާއެވެ.
• ރުޤްޔާ ޝިރުކިއްޔާ (ޝިރުކު ހިމެނޭ ފަންޑިތަ): މިއީ ޖިންނި ޝައިޠާނުންގެ ކިބައިން ވާގި އެދިގެން ކިޔެވޭ ކިޔެވެލިތަކާއި، ފާލުބެލުމާއި އަތް ބެލުމާއި، އެއްވެސް މާނައެއް ދޭހަނުވާ ފަދަ ގޮވެލިތަކާއި، ބަނދިތަކާއި، އަކަ ޖެހުމާއި، މިފަދަ ހުއްދަ ނޫން ކަންކަމަށް އަރައިގަނެ ކީރިތި ޤުރްއާނާއި ޝައިޠާނީ ތަކެއްޗާއި މަސްހުނި ކޮށްގެން ކުރާ ރުޤްޔާތަކެވެ. މިފަދަ ރުޤްޔާ ތަކަކީ ދީނުން ބޭރުވާ އަދި ސިޙުރާއި ޝިރުކުގެ ތެރެއިންވާ ޙަރާމް ރުޤްޔާތަކެވެ.

• ސުންނަތުން ސާބިތުނުވާ، އެހެންނަމަވެސް އަމިއްލައަށް ހަދާ ރުޤްޔާތައް: މިފަދަ ރުޤްޔާތަކަކީ އޭގައި ޝިރުކު އެކުލެވިގެން ނުވެ އަދި ޙަރާމް ކަމަކަށް އަރައި ނުގަނެ ކުރާ ރުޤްޔާއެއްނަމަ ހުއްދަ އެއްޗެކެވެ. މިއީ ވެސް ރުޤްޔާ ޝަރުޢިއްޔާ ގެ ތެރެއިން ހިމެނިގެންވާ ރުޤްޔާތަކެކެވެ.

ސިޙުރަކީ ކޮބާ؟
ޢަރަބި ބަހުގައި "ސިޙްރު" މިލަފުޒަކީ ސަބަބު ފޮރުވިފައިވާ، އަދި ވަންހަނާ ވެގެންވާ ކަންކަމަށް ބޭނުން ކުރާ ޢިބާރާތެކެވެ. އަދި ސިޙުރުގެ އަސްލަކީ އެއްޗެއްގެ ޙަޤީޤަތުން އެހެން ގޮތަކަށް ބަދަލު ކޮށްލުމާއި ޙައްޤުގެ ގޮތުގައި ބާޠިލު ނެރެ އޮޅުވާލައިގެން ދެއްކުމެވެ.
ކީރިތި ޤުރްއާނާއި ސުންނަތުން ސިޙުރުގެ ތަފްސީލަށް ބަލާލާއިރު، ސިޙުރަކީ ހަޤީޤަތެއް ކަމަށާއި، އެކަމުގައި އަސަރުތަކެއް އެކުލެވިގެންވާ ކަމަށް ދަލީލު ލިބިގެންވެއެވެ. އަދި އެއީ ބޮޑު ވެގެންވާ ކުފުރެއް ކަމަށް ވެސް ދަލީލު ލިބިގެންވެއެވެ.

އެގޮތުން މާތް ﷲ ވަޙީކުރެއްވި އާޔަތެއްގެ މާނައިގާ ވަނީ: "އަދި ސުލެއިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވާ އުޅުނު ތަކެއްޗަށް އެބައިމީހުން ތަބާވިއެވެ. ސުލެއިމާނުގެފާނު ކާފިރުވެ ވަދައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެޝައިޠާނުން ކާފިރުވިއެވެ. އެބައިމީހުން މީސްތަކުންނަށް ސިޙުރު އުނގަންނައި ދިނުމުންނެވެ. އަދި ބާބިލްގައިވާ ހާރޫތާއި، މާރޫތާއި ދެ މަލައިކަތުންގެ މައްޗަށް ބާވާލެއްވި ތަކެއްޗަށްވެސް (އެބައިމީހުން) ތަބާވިއެވެ. ތިމަންމެން ވާކަން ކަށަވަރީ (އީމާންކަން ހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިހާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފިރުވާށޭ ވިދާޅުވެ (ނަސޭޙަތް ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލައިކަތުން އުނގަންނަވައެއް ނުދެއްވައެވެ.

ފަހެ މީހާޔާއި އެމީހާގެ އަނބިމީހާޔާއި ދެމެދު ދުރުކޮށް ވަކި ކުރާނޭ ގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެބައިމީހުން އުނގެނި އުޅެތެވެ. ﷲ ގެ އިޒްނަފުޅާ ލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެބައިމީހުން ނުވެތެވެ. އެބައިމީހުން އެއުނގެނެނީ އެބައި މީހުންނަށް ގެއްލުންދޭ، އަދި އެބައި މީހުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ހޯދައިގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަސީބެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެބައިމީހުންގެ ނަފްސުތައް އެ އެއްޗަކަށް އެވިއްކާލި އެއްޗެއްގެ ނުބައިކަމާއެވެ! އެބައިމީހުން އެކަން ދަންނަ ކަމުގައި ވިނަމައެވެ" (ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގެ މާނަ).

މިއާޔަތުން ވެސް ދަލީލި ލިބޭގޮތުގައި، ސިޙުރަކީ ޙަޤީޤަތެއް އެކުލެވިގެންވާ، އެއިގެ ސަބަބުން މީސްތަކުންގެ ހިތްތަކަށާއި ހަށިގަނޑަށް އަސަރު ކުރުވާ ކަމެއްކަން ހާމަވެއެވެ. އަދި ސިޙުރު ޖެހޭ ހުށީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިޒްނަފުޅާލައިގެން ކަން ވެސް އެނގެއެވެ.
ކޮންމެއަކަސް ސިޙުރުވެރިން އެކަންކޮށް އުޅެނީ ޝައިޠާނާއާއި ވާގިވެރިވެގެންނެވެ. އެބައިމީހުންގެ ކުފުރު ޢަމަލުތަކާއި ޝިރުކުތަކުން ޝައިޠާނުން ރުއްސުމަށްޓަކައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ