އިންސާނުންގެ ހަށިގަނޑަށް ޖިންނީން ވަންނަނީ ތިން ސަބަބަކާއި ހެދި

އިންސާނުންގެ ހަށިގަނޑަށް ޖިންނީން ވަންނަނީ ތިން ސަބަބަކާއި ހެދި

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 43 ސިކުންތު

ބައެއް އިންސާނުންގެ ހަށިގަނޑަށް ޖިންނީން ވަދެ އެކިއެކި ދުއްތުރާތައް ކުރެއެވެ. ޖިންނީން އިންސާނުންނާއި އަވަލާ،އެކި ގޮތްގޮތަށް އެއިންސާނުންނަށް ގެއްލުންދީ ހަދަނީ ބައެއް ސަބަބުތަކާއި ހެދިއެވެ.

ޝެއިޚުލް އިސްލާމް އިބްނު ޠައިމިއްޔާ ވިދާޅުވެފައިވާ ގޮތުގައި ޖިންނީން އިންސާނުންގެ ހަަށިގަނޑު ތެރެއަށް ވަންނަނީ ތިން ސަބަބަކާއި ހެދިއެވެ.

"ޖިންނީންނަކީ ވެސް އަހަރުމެން އިންސާނުން ފަދައިން މާތް ﷲ ހެއްދެވި އެއްޗެހިތަކެކެވެ. އެއެއްޗެއްސަށް އެއެއްޗެއް ބޭނުންވާ އެއްޗެއް ނުވަތަ ބޭނުންވާ ކަމެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަން ލިބިގެންވެއެވެ. އެެހެންކަމުން ބޭއިންސާފުން ކަންތައް ކުރުމާއި ފާފަތައް ކުރުން، ޖިންނީންނަށް އެއްވެސް ދަތިކަމަކާއި ނުލާ ކުރެވޭނެއެވެ.

ޖިންނީން އިންސާނުންގެ ހަށިގަނޑަށް ވަދެ، ދުއްތުރާ ކުރާ ސަބަބުތަކުގެ ތެރެއިން ފުރަތަމަ ސަބަބަކީ، އެޖިންނިއަަކަށް އެއިންސާނާ ކަމުނުދިޔުމެވެ. އެއިންސާނާ ފެނުމާއިއެކު އޭނާއަށް އެއިންސާނާ ކަމުނުދާ ކަމަށް ބުނާނެއެވެ. ނަމަވެސް އެއިންސާނާއަށް އެކަމެއް ނޭނގޭނެއެވެ. އެޖިންނި ނުވެސް ފެންނާނެއެވެ.

ޖިންނީން އިންސާނުންނަށް ދުއްތުރާކުރާ ދެވަނަ ސަބަބަކީ އިންސާނެއް ދެކެ އެޖިންނިއަށް ލޯބިވެވުމެވެ. ނަމަވެސް އެއީ އާދައިގެ ލޯތްބެއް ނޫނެވެ. އެއީ ޝަޚުވާނީ އެދުމުން ފުރިގެންވާ ލޯތްބެކެވެ. ތިމާގެ ކޮޓަރިތެރޭގައާއި ފާޚާނާ ގައި ބަރަޚަނާކޮށް އުޅޭއިރު، ތިމާއާއި ދިމާލަށް ބަލަން ހުންނަނީ ކާކުކަން އިނގޭހެއްޔެވެ؟ ޖިންނީން ނެވެ. މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެވޭނެ ގޮތެއް ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވަނީ، ލައިގެން ހުންނަ ހެދުން (އަންނައުނު) ބޭލުމުގެ ކުރިން بسم الله ކިޔުމަށެވެ. ހެދުން ބޭލުމުގެ ކުރިން بسم الله ކިޔުމުން، ތިމާއާއި ޖިންނީންނާއި ދެމެދު ފަރުދާއެއް އެޅޭނެއެވެ. ދަންވަރު ހޭލައިގެން، ކުއްލި ގޮތަކަށް ކޮފީއެއް ބޯލަން ނުވަތަ އެއްޗެއް ކާލަން ދާއިރުވެސް ޖިންނީން ބަލަން ތިބެއެވެ. ދަންވަރު މިފަދައިން ނިކުތުމަކީ ރަނގަޅު ކަމެއް ވެސް ނޫނެވެ. އެއިންސާނާދެކެ ވާ ލޯތްބެއްގެ ސަބަބުން ޖިންނީން އެއިންސާނާގެ ހަށިގަނޑު ތެރެއަށް ވަދެއެވެ. ގިނައިން މިކަން ދިމާވެފައިވަނީ އަންހެނުން ނަށެވެ. ނިސްބަތުން ބަލާއިރު ޖިންނި އަވަލާ އަންހެނުންގެ އަދަދު ގިނައެވެ. ގިނަ ފަހަރަށް އެކަމުގެ ސަބަބަކަށްވެފައިވަނީ އަންހެނުން ހެދުން އަޅާ ގޮތެވެ.

ޖިންނި އަވަލާ ތިންވަނަ ސަބަބަކީ، ނޭނގުމެއްގެ ތެރޭގައި ވިޔަސް އިންސާނާއަށް އެޖިންނިއަށް ގެއްލުމެއް ދެވުމެވެ. މިސާލަކަށް ބުނާނަމަ، ބިންމައްޗަށް ހޫނު ފެން އެޅުމެވެ. އެވަގުތު އެތަނުގައި ޖިންނިއެއް އިންދާ، އެފަދަ ކަމެއް ކުރެވޭ ނަމަ، ހޫނުފެން އެއެޅެނީ އޭތީގެ ބޮލަށެވެ. އެޖިންނިއަށް ގެއްލުމެއް ދެމުވުމުން، އެއިންސާނާގެ ކިބައިން ޖިންނި ބަދަލަަށް ބަދަލު ހިފަން ބޭނުންވާނެއެވެ. މިފަދަ ކަމެއް ވުމުންވެސް ސަލާމަތް ވެވޭނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ކަމެއް ކުރުމުގެ ކުރިން بسم الله ކިޔުމުންނެވެ. ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން بسم الله ކިޔަންވާނެއެވެ." ޝެއިޚުލް އިސްލާމް ކިޔާދެއްވިއެވެ.

ޖިންނީންނަށް އިންސާނުންގެ ހަށިގަނޑަށް ކޮންމެފަދަ ވަގުތެއްގައި ވެސް ވަދެވިދާނެތަ؟ ނުވަތަ ކޮންމެ ފަދަ ވަގުތެއްގައިވެސް އެއިންސާނާ އާއި އަވަލެވިދާނެތަ؟

މިސުވާލުތަކުގެ ޖަވާބަކަށް ޝެއިޚުލް އިސްލާމް ބުނެފައިވަނީ ނޫނެކޭ އެވެ.

"ޖިންނީންނަށް އިންސާނުންގެ ހަށިގަނޑު ތެރެއަށް ވަދެ ނުވަތަ އަވަލެވޭނީ ހަތަރު ހާލަތެއްގެ މަތީންނެވެ. ފުރަތަމަ ކަމަކީ މާބޮޑަށް ރުޅިގަދަވުމެވެ. މާބޮޑަށް ރުޅިގަދަވުމުން ޖިންނިއަށް އިންސާނާއާއި އަވަލާ ނުވަތަ އިންސާނާގެ ހަށިގަނޑު ތެރެއަށް ވަދެވޭނެއެވެ. އަހަރެމެން އިންސާނުން މާބޮޑަށް ރުޅިގަދަ ވެއްޖެނަމަ ކަންތައް ކުރަންވީ ގޮތް ރަސޫލާ (ޞޢޥ) ޙަދީޘް ކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވަނީ ރުޅިއަންނަ ވަގުތު އިށީންދެގެން އިން ނަމަ، ތެދުވުމަށެވެ. އަދި ތެދުވެ ހުރިނަމަ އިށީނުމަށެވެ. ކީއްވެ ހެއްޔެވެ؟ އެއީ އިންސާނާގެ ހަށިގަނޑަށް ޖިންނި ވަންނަން އުޅޭ ގޮތައް ހުރަސް އެޅުމަށެވެ. އެޖިންނިއަށް އަރާމު ނުކުރުމަށެވެ. އެއީ ރުޅިއަންނަ ވަގުތު، އެއިންނަ ގޮތަށް އިނދެއްޖެނަމަ، އިންސާނާގެ ހަށިގަނޑު ކޮންޓްރޯލް އެކުރަނީ ޖިންނި ކަމުގައިވާތީ އެވެ. ރުޅިއަންނަ ވަގުތު އަވަހަށް أعوذ باالله منااشّيطان رّجيم ކިޔަންވާނެއެވެ.

ދެވަނަ ހާލަތަކީ ޖިންނީން ދެކެ މާބޮޑަށް ބިރުގަތުމެވެ. މާބޮޑަށް ބިރުގަތުމަކީ ނަފްސު ބަލިކަށި ކޮށްލާ ކަމެކެވެ. ޖިންނި ޝައިޠާނުން ދެކެ މާބޮޑަށް ބިރުގަންނަނަމަ، އެފަދަ ވަގުތުތަކުގައި އިންސާނާގެ ހަށިގަނޑު ތެރެއަށް ވަރަށް ފަސޭހައިން ޖިންނީންނަށް ވަދެވޭނެއެވެ.

ތިންވަނަ ޙަލަތަކީ، ރައްކާތެރިވުމަށްޓަކައި ކިޔަންވާ ތަކުބީރުތައް ނުކިޔުމެވެ. މިސާލަކަށް ބުނަނީ ނަމަ، ފާޚާނާ އަށް ވަނުމުގެ ކުރިން ކިޔާ ދުޢާ، ގެއަށް ވަނުމުގެ ކުރިން ކިޔާ ދުޢާ، ކާން ފެށުމުގެ ކުރިން بسم الله ކިޔުން، މިފަދަ ދުޢާތަކެވެ.

ހަތަރު ވަނަ ހާލަތަކީ އިންސާނާ ބޭނުންވާ ކަމަކަށް ނުވަތަ އެދުމަކަށް ވަރަށް ބޮޑަށް ގެއްލިފައި އިންނަ ވަގުތެވެ. މިސާލަކަށް ބުނާނަމަ، ބަރަޚަނާ ފިލްމު ފަދަ އެއްޗެހި ބަލަން އިންނަ ވަގުތެވެ. އެފަދަ ފާޚިޝް ކަމަކަށް ގެއްލިފައި އިންނަ ވަގުތު އިންސާނާގެ ހަށިގަނޑު ތެރެއަށް ޖިންނިއަށް ވަދެވިދާނެއެވެ. ތިމާ ކައިވެނި ކޮށްގެން އުޅޭ މީހާއާއި އެކު ވެސް ދުޢާ އެއް ކިޔުމަށް އިސްލާމްދީން ބާރު އަޅައެވެ. އެއީ ޝައިޠާނުންގެ ކިބައިން މާތް ﷲ އެދެމަފިރިން ރައްކާތެރި ކޮށްދެއްވުމަށެވެ."

މީގެ އިތުރުން ޝެއިޚުލް އިސްލާމް ވިދާޅުވެފައިވަނީ އަންހެނުން ޙައިޟުވެފައި އިންނަ ދުވަސްތަކުގައާއި ބޭރު ތެރޭގައި ޝަޚުވާނީ އެދުން ފުއްދާ ވަގުތުވެސް ޖިންނީންނަށް އެއިންސާނަކާއި އަވަލާން ފަސޭޙަ ވާނެކަމަށެވެ. އެހެންކަމުން ޙައިޟުވެފައިވާ އިންނަ ދުވަސްތަކުގައި ވެސް، ރައްކާތެރިވުމުގެ ގޮތުން ކިޔަންވާ ތަކުބީރުތަކާއި ދުޢާތައް ހިތުން ނަމަވެސް ކިޔުމަށް ޝެއިޚު ނަސޭޙަތްތެރިވެފައިވެއެވެ. އަދި ނަހަމަ ގޮތްގޮތަށް ނުއުޅުމަށް ވެސް ނަސޭޙަތްތެރި ވެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އާރޓިކަލް ރޭޓްކުރައްވާ

0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް

މާހިދު 2017-11-11 17:55:18

ލިޔުމުގައިވާ އަޢޫޛު ޢަރަބިން އޮންނާނީ މިހެން
أعوذ باالله منااشّيطان رّجيم
ބިސްމި އޮންނާނީ މިހެން
بسم الله

މާހިދު 2017-11-11 17:55:19

ލިޔުމުގައިވާ އަޢޫޛު ޢަރަބިން އޮންނާނީ މިހެން
أعوذ باالله منااشّيطان رّجيم
ބިސްމި އޮންނާނީ މިހެން
بسم الله

2017-11-11 21:38:55

Thi hurihaa heyo kan kan kuran ekamaku v bodah biru ganey mikamah hahleh libidhaane tho

މަރިޔަމް ވަހީދާ