އޭސް ހާޑްވެއާރގެ 6 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

އޭސް ހާޑްވެއާރގެ 6 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

އޭސް ހާޑްވެއާރގެ 6 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި 80 އިންސައްތަ އާއިހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ފިހާރައަށް އަންނަ ކޮންމެ ކަސްޓަމަރަކަށް ބައިވެރިވެވޭ ގޮތަށް ނަސީބުން ލިބޭ ޑިސްކައުންޓު "ސްޕިން ދަ ވީލް ޑިސްކައުންޓް" ސިސްޓަމް އިން އިތުރު ޑިސްކައުންޓް ލިބިގެންދާނެއެވެ.

މީގެ އިތުރުން އޭސް ހާރޑްވެއަރ ގެ ފިހާރަތަކުން ވިޔަފާރި ކުރައްވާ ހުރިހާ ބެފުޅުންނަކަށް ޑިސެމްބަރު 1 އަކުން ޑިސެމްބަރު 14 އަށް 100 ރުފިޔާގެ ޑިސަކައުންޓު ކޫޕަނެއް ލިބޭ އިރު، މިކޫޕަން ބޭނުން ކުރުމުގެ ފުރުޞަތު ޑިސެމަބަރު 15 އިން 31 އަށް ހުޅުވޭނެއެވެ. އަދި މިނޫނަސް ހެޕީ އަވަރ ޑިސްކައުންޓްވެސް މަހުގެ މެދުތެރޭގައި އެޅުވުމަށް ވަނީ ނިންމާފައެވެ.

މުޅި ޑިސެމްބަރ މަހަށް ޚާއްސަކޮށް ބާއްވާ މި ޕްރޮމޯޝަންގައި ފޭސްބުކް ލައިކް އެން ކޮމެންޓް ކޮންޓެސްގެ ނަސީބު ވެރި ފަރާތަކަށް މެލޭޝިއާއަށް ދެ ދެކޮޅު ޓިކެޓް ލިބޭނެއެވެ. އަދި އޭސް ހާރޑްވެއާރގެ ފިހާރަތަކުގައި އިންސްޓަރގްރާމް ސެލްފީ ކޮންޓެސްޓެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސެލްފީ ކޮންޓެސްޓްގައި ބައިވެރިވުމަށް ފަހު ފޮޓޯ އަޕްލޯޑް ކޮށް #ހެޕީސިކްސްވިތްއޭސް (#happy6thwithace) ޖަހައި، އެންމެ ގިނަ ލައިކް ލިބޭ ފަރާތަކަށް ޚާއްސަ އިނާމެއް ދިނުމަށް ހަމަޖެހި ފައިވެއެވެ.

ހަމަ އެހެންމެ އޭސް ހާރޑްވެއާރގެ ފިހާރަތަކުގައި މިމަހުގެ ކޮންމެ ހަފްތާ ބަންދެއްގައި ތަފާތު ހަރަކާތްތަކެއް ހިންގަމުން ގެންދާނެއެވެ.

އޭސް ހާރޑްވެއާރ އަދި ހޯމްސެންޓަރއަކީ 1986 ގައި އުފަންވީ ކޯ ލޯޑް މޯލްޑިވްސްގެ ދަށުން ހިނގަމުންދާ ދެ ފިހާރައެވެ. މިގޮތުން 2011 ވަނަ އަހަރު ގައި ރާއްޖޭގައި ހުޅުވި އޭސް ހާރޑްވެއާރ އަކީ އޭސް އިންޓަރނެޝަނަލް ޗިކާގޯ ޔޫއެސްއޭ އާއި އެކު ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާރކް ރީޖަންގައި ހުޅުވި ފުރަތަމަ ފިހާރައެވެ.

މިއަދު ރާއްޖޭގައި ހިންގަމުންދާ އޭސް ހާރޑްވެއާރގެ ދެ ފިހާރައަކީވެސް ދުނިޔޭގެ ނަން މަޝްހޫރު އެތަކެއް ބްރޭންޑްތަކުގެ ހާރޑްވެއާރ އަދި ތަފާތު ބާވަތްތަކުގެ ހޯމް އިމްޕްރޫވްމެންޓް ޕްރޮޑަކްޓްސް، ޕަވަރ ޓޫލްސް އަދި ސާފު ތާހިރު ކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރެކުރާ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ފިހާރައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް