އޭޝިއާ ހޯޕްސްގެ ޓީޓީ ހަރަކާތްތައް ހުޅުމާލޭ ޣާޒީ ސްކޫލުގައި ފަށައިފި

އޭޝިއާ ހޯޕްސްގެ ޓީޓީ ހަރަކާތްތައް ހުޅުމާލޭ ޣާޒީ ސްކޫލުގައި ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަންގެ މެމްބަރު ޤައުމުތަކުގެމެދުގައި ބާއްވާ "އޭޝިއާ ހޯޕްސް" ޓީޓީ ހަރަކާތްތައް ހުޅުމާލޭ ޣާޒީ ސްކޫލުގައި ފަށައިފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި ހަރަކާތަކީ އެ ފެޑެރޭޝަންގެ މެމްބަރު ޤައުމުތަކުގެ މެދުގައި ޢުމުރުން 10 އަހަރާއި 11 އަހަރުގެ ހަގު ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެކެވެ.

ރާއްޖޭގެ ފަރާތުން 4 އަންހެން ކުދިންނާއި 5 ފިރިހެން ކުދިން މި ހަރަކާތުގައި ބައިވެރިވެއެވެ. ރާއްޖޭގެ އިތުރުން އިންޑިއާ، ޕާކިސްތާން އަދި ސްރީލަންކާއިން މި ހަރަކާތުގައި ބައިވެރިވާނެއެވެ.

މި ހަރަކާތުގެ ޓްރެއިނިންގ ބައިތައް މި މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ އިރު، 7 ވަނަ ދުވަހު އޮންނާނީ ހުރިހާ ކުދިންގެ މެދުގައި އިންޑިވިޖުއަލްކޮށް ކުޅޭ ފޯރިގަދަ މުބާރާތެކެވެ.

މި މުބާރާތުގައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ މެޑެލް ދިނުމަށް ވަނީ ނިންމާފައެވެ.

މިއީ މި ހަރަކާތް ރާއްޖޭގައި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް ރާއްޖޭގެ ކުޅުންތެރިންވަނީ އެކި ޤައުމުތަކުގައި މީގެކުރިން މި ހަރަކާތުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް