ޖޮބް އޮފާރ މޯލްޑިވްސް: ފަސޭހަކަމާއިއެކު ހުރިހާ ވަޒީފާއެއް އެއްތަނަކުން ބަލާލެވޭނެ އެޕްލިކޭޝަނެއް!

ޖޮބް އޮފާރ މޯލްޑިވްސް: ފަސޭހަކަމާއިއެކު ހުރިހާ ވަޒީފާއެއް އެއްތަނަކުން ބަލާލެވޭނެ އެޕްލިކޭޝަނެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ވަޒީފާއެއް ހޯދުމުގައި މިހާރު ގިނަ ބަޔަކަށް އެންމެ ބޮޑަށް ކުރިމަތިވާ އެއް ދަތިކަމަކީ، އެމީހަކު ބޭނުންވާފަދަ ވަޒީފާއެއް ފަސޭހަކަމާއިއެކު ހޯދެން ނެތުމެވެ.

ރައްޔިތުންނަށްޓަކައި ޖޮބް އޮފާރ މޯލްޑިވްސް އިން މިވަނީ އެކަމަށްޓަކައި އެޕްލިކޭޝަނެއް އުފައްދާފައެވެ. މިއެޕްލިކޭޝަންގެ ބޭނުމަކީ ރާއްޖޭގައި އިއުލާނު ކުރާ ހުރިހާ ވަޒީފާއެއް އެއްތަނަކުން ފަސޭހަކަމާއިއެކީ ބަލާލެވޭނެ ގޮތެއް ހޯދާ ދިނުމެވެ. އަދި ވަޒީފާ ދޭ ފަރާތްތަކުގެ ވަގުތު ވެސް ނުގެއްލޭނެހެން، ވަޒީފާގެ އެންމެހާ ކަންތައްތައް އެއް ޕްލެޓްފޯމަކުން ކުރެވޭނޭ ނިޒާމެއް ވެސް ގާއިމް ކުރުމެވެ.

ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް، އެންމެ ކްލިކަކުން ވަޒީފާއަށް ކުރިމަތިލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މިއެޕްގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ މިއެޕްލިކޭޝަންގެ ސްޕީޑް އަވަސް ކަމެވެ. މާނައަކީ، ބޭނުންވާ ވަޒީފާއެއް ހޯދުމަށް އާންމުކޮށް ލޯޑުވާން އެނަގާ ވަގުތު މިއެޕްލިކޭޝަނުން ނުނަގައެވެ.

ރާއްޖޭގައި ހުރި ވަޒީފާތައް ބަލާލުމުގެ އިތުރުން، ބޭނުންވާ ވަޒީފާއަކަށް ކުރިމަތިލުމައްޓަކައި، "އެޕްލައި" ބަޓަނަށް ފިތާލުމުން އެވަޒީފާއަކަށް ކުރިމަތިލެވުނީއެވެ. އަދި އެވަޒީފާއަށް އެދި ހުށަހަޅައިފިކަން ވަޒީފާ ދޭ ފަރާތަށްވެސް މިއެޕްލިކޭޝަން މެދުވެރިކޮށް ހަމައެވަގުތުން ވަގުތަށް އަންގައެވެ.

މީގެއިތުރުން އެމީހަކު ބޭނުންވާ ވަޒީފާއެއް ހޯދާ، ފިލްޓާރ ކުރުމުގެ ގާބިލްކަން ވެސް މިއެޕްލިކޭޝަނަށް ލިބިގެންވެއެވެ. މިއެޕްލިކޭޝަނުން ލިބެންހުރި ހުރިހާ ޚިދުމަތްތަކެއް، ޖޮބް އޮފާރ މޯލްޑިވްސް ގެ ވެބްސައިޓު މެދުވެރިކޮށް ވެސް ލިބެން ހުންނާނެއެވެ.

ޖޮބް އޮފާރ މޯލްޑިވްސް ގެ އެޕްލިކޭޝަން މިހާތަނަށް އަދި ލިބެން ހުރީ އެންޑްރޮއިޑް ފޯނުތަކަށެވެ. ނަމަވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އިތުރު ފީޗާރސް ތަކަކާއިއެކު މިއެޕްލިކޭޝަން އެޕަލް ފޯނުތަކުން ވެސް ލިބެން ފަށާނެއެވެ.

މިއެޕްލިކޭޝަން މަސައްކަތް ކުރާނީ އެންޑްރޮއިޑް ވާރޝަން ފަހަކުން ފެށިގެން މަތީގެ ފޯނުތަކަށެވެ.

މިއީ ރާއްޖޭގައި މިގޮތަށް ވަޒީފާއަށް ޚާއްސަ ކުރެވިގެން އެންޑްރޮއިޑް މާކެޓްގައި ބަރާބަރަށް މަސައްކަތް ކުރާ ހަމައެކަނި އެޕްލިކޭޝަން އެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ