އެންމެހައި ތަކެއްޗެއް އުފެއްދެވި ފަރާތެއް ވާނެކަން ޤަބޫލުކުރެވިގެން އިސްލާމްވި 17 އަހަރުގެ ކުއްޖާގެ ވާހަކަ!

އެންމެހައި ތަކެއްޗެއް އުފެއްދެވި ފަރާތެއް ވާނެކަން ޤަބޫލުކުރެވިގެން އިސްލާމްވި 17 އަހަރުގެ ކުއްޖާގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 1 ސިކުންތު

އެއްވެސް ދީނެއް ނުވާކަމާއި ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗެއް އުފެދުނީ އަމިއްލައަށް ކަމަށް ޤަބޫލުކުރާ ބައަކުވެސް އުޅެއެވެ. ނަމަވެސް ވިސްނައި ފިކުރުކުރީމާ ޒުވާނުންނަށް ވެސް ހަޤީޤަތް އެނގެއެވެ.

އިނގިރޭސިވިލާތަށް އުފަން އުމުރުން 19 އަހަރުގެ ޓަރނަރ އުމުރުން 17 އަހަރުގައި އިސްލާމްވީ ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗެއް އުފެއްދެވި ފަރާތެއް ވާނެކަން އަމިއްލައަށް ޤަބޫލުކުރެވިގެން ހަޤީޤަތް ހޯދުމަށް ކުރި މަސައްކަތުގައެވެ.

އޭނާ ބުނީ އޭނާ އުޅެ ބޮޑުވީ އެއްވެސް ދީނެއް ނެތި ފަދަ ގޮތަކަށް ކަމަށެވެ. މަންމައަކީ ކްރިސްޓިއަނެއް ނަމަވެސް އޭނާއަކީ އެއްވެސް ދީނަކަށް އަމަލުކުރާ މީހެއް ނޫނެވެ. އެހެންކަމުން އެއްވެސް ދީނަކާއިބެހޭ އެއްވެސް މައުލޫމާތެއް ނުލިބެއެވެ.

"އެންމެ ކުޑައިރުންސުރެ އަހަރެން ޤަބޫލުކުރި އެއް ކަމަކީ ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަކީ ހަމަ ހުރެފައި އުފެދުނު ތަކެތި ނޫން ކަމަށެވެ. މިތަކެތި އުފެދުނު ގޮތެއް އޮންނާނެ ކަމަށެވެ.

ވަކި ހިސާބަކުން އެފަރާތަކީ ކަލެއްކަމަށް ޤަބޫލުކުރެވުނެވެ. އެހެންވެ ފައްޅިތަކުގައި މިކަން ބަލައިގަންނަ މިންވަރު އޮޅުންފިލުވަން މަސައްކަތް ފެށީމެވެ. ނަމަވެސް އެނގުނީ މި މުހިންމު މައްސަލައަށް ކްރިސްޓިއަން ދީނުގައި އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދެވޭ ކަމެވެ.

ޖީސަސް އަކީ ކަލެއްކަމަށް ބުނެވުނު ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ނުދެއްކެއެވެ. އެހެންވެ ޖީސަސް އަކީ ކަލެއް ކަމަށް ޤަބޫލުކުރަން އަހަރެން ބޭނުމެއް ނުވިއެވެ. ފައްޅީގައި ދައްކާ ވާހަކަތަކާއިމެދު އުފެދޭ ސުވާލުތައް އައީ އިތުރުވަމުންނެވެ.

ބައިބަލް ކީވަރަކަށް އައީ ސުވާލުތައް އިތުރުވަމުންނެވެ. ޖީސަސް އަޅުކަންކުރި ކަމަށް ބައިބަލްގައި އޮވެއެވެ. ޖީސަސް އަކީ ކަލެއް ކަމަށްވާނަމަ އަޅުކަންކުރާކަށް ނުޖެހޭނެއެވެ. ކަލަކު އަޅުކަންކުރާނީ ކޮން ކަލާނގެއަކަށް ހެއްޔެވެ؟

ބައެއް ކަންކަމުގައި ތިމަންނައަކަށް ނުއެނގެއޭ އެކަމެއް ހަމައެކަނި ދެނެވޮޑިގެންވަނީ ކަލާނގެއޭ ޖީސަސް ބުނެފައިވެއެވެ. ޖީސަސް އަކީ ކަލެއް ނަމަ އެއްވެސް ކަމެއް ނުއެނގި އޮވެގެން ނުވާނެއެވެ. މިހުރިހައި ކަމަކުންވެސް އެނގުނީ ބައިބަލްގައި އޮތް ގޮތާއި ފައްޅިތަކުގައި ކިޔަވައިދޭ އެއްޗެއް ދިމާނުވާކަމެވެ.

ކޮންމެ އެއްޗެއްވެސް އިތުރުވަނީ އެ އެއްޗެއްގެ ނަސްލުންނެވެ. ޖީސަސް އަކީ ކަލާނގެ ގެ ދަރިކަލެއް ނަމަ ޖީސަސް ވެސް ވާންޖެހޭނީ ކަލަކަށެވެ. އެއިރުން އެވަނީ ދެ ކަލާނގެއެވެ.

އަހަރެން އިސްލާމްވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަކީ ރަސޫލެއް ކަމާއި އެއީ ހަމަ އަހަރެމެން ފަދަ އިންސާނެއް ކަމަށްވެފައި އިސްލާމް ދީނުގައި ބުނާ މާތް ﷲ އަކީ އަހަރެން ހޯދަމުން އައި ކަލާނގެކަން ޔަޤީންކުރެވުމުންނެވެ.

އެކަމުގެ އެންމެ ބޮޑު ސަބަބަކީ ޤްރްއާނެވެ. މިހައިތަނަށް އައިއިރު ވެސް ޤްރްއާނަށް އެއްވެސް ބަދަލެއް ނުގެނެވި އޮތުމަކީ އިލާހީ މުއުޖިޒާތެކެވެ. 21 ވަނަ ޤަރުނުގައި ސައިންސްވެރިންނަށް ޔަޤީންކުރެވުނު ކަންކަން 1400 އަހަރުކުރިން ބާވައިލެއްވުނު ޤްރްއާނުގައި ބަޔާންވެގެން އޮތުމަކީ އިލާހީ މުއުޖިޒާތެކެވެ.

ޤްރްއާނުގައި ދުވަސް ބޭނުންކުރެވިފައިވަނީ 365 ފަހަރުއެވެ. އަހަރެއްގައި އޮންނަނީ 365 ދުވަހެވެ. މަސް ބޭނުންކުރެވިފައިވަނީ 12 ފަހަރުއެވެ. އަހަރެއްގައި މިވަނީ 12 މަހެވެ. ނަރަކަ އާއި ސުވަރުގެ ބޭނުންކުރެވިފައިވަނީ ކޮންމެ ބަހެއް 77 ފަހަރުއެވެ.

އަހަރެން އިސްލާމްވި އެއް ސަބަބަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަޔާތްޕުޅެވެ. އިތުރު މާތް ނަބިއްޔާގެ ސިޔަރަތުގެ ފުރިހަމަ ކަމެވެ.

މިފަދަ އެތައް ކަމަކުން އެނގި ޔަޤީން ވަނީ މީސްތަކުން ޤަބޫލުކުރަންޖެހޭނެ ދީނަކީ ހަމައެކަނި އިސްލާމް ދީން ކަމެވެ.

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށްshifoo 2017-12-04 18:30:46

lOabi bitteh


އަބްދުއްލަތީފް