އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނުޝްކާ އާއި ވިރާތު އިޓަލީގައި މިމަހު ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެ

އަނުޝްކާ އާއި ވިރާތު އިޓަލީގައި މިމަހު ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ސެލެބްރިޓީއިންނަށް ވުމުގެ އެންމެ ބޮޑު އެއް އުނދަގުލަކީ، އެމީހުންނާއި ބެހޭ ގޮތުުން އަބަދުވެސް ކޮންމެވެސް ވާހަކަތަކެއް ވަށައިގެން ފެތުރެމުން ދާނެ ކަމެވެ. އަދި ކިތަންމެ ވަރަކަށް އެކަމަށް އިންކާރުކުރި ކަމުގައި ވިޔަސް، އަފިފާން ނެތި ދުމެއް ނާރާނެ ކަމަށް މީހުން ބުނެ، އިވޭ އަޑުތަކުގެ ހަގީގަތަކީ ކޮބާތޯ ހޯދަން އުޅުމެވެ.

މިފަދައިން އަޑުތައް އަރާފައިވާ ދެމީހަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަނުޝްކާ ޝަރްމާ އާއި ކުޅަދާނަ ކްރިކެޓަރ ވިރާތު ކޯހްލީ އެވެ. މިދެމީހުންގެ ކައިވެނީގެ ވާހަަކައަޚި ވަރަށް ގިނައިން މީޑިއާތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ވާހަކަތަކެކެވެ.

ނަމަވެސް އެދެމީހުންގެ ކައިވެނި ހަމަ ޔަގީނުންވެސް މިފަހަރު ކުރެވެން އުޅޭ ކަމުގެ ހެކިތަކެއް ފެނިފައިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ.

އެފަރާތުގެ ވެސް މެނޭޖަރުން އެއީ ދޮގު ޚަބަރެއް ކަމަށް ބުނެ، އެދެމީހުން ކައިވެނި ކުރަން ނުއުޅޭކަމަށް ބުނިކަމުގައި ވިޔަސް، އަނުޝްކާއާއި ވިރާތުގެ އާއިލާއިން އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދެމީހުންނާއި ވެސް ގާތް މީހަކު ބޮމްބޭ ޓައިމްސް އަށް މައުލޫމާތުދީ ބުނެފައިވަނީ، އެދެމީހުން އިޓަލީ ގައި ކައިވެނި ކުރަން އުޅޭ ކަމަށާއި ނަމަވެސް ކައިވެންޏަށް ހަމައެކަނި ދައުވަތު ދީފައިވަނީ އާއިލާގެ އިތުރުން ގާތް ރަޙުމަތްތެރިންނަށް ކަމަށެވެ. އޭގެ ތެރޭގައި ކުޑައިރުއްސުރެ ވިރާތުއާއި އެކު ކްރިކެޓް ކުޅެން އުޅުނު މީހަކާއި ކަސްރަތު ކުރުމުގައި ވިރާތުއަށް ލަފާދޭ މީހަކު ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

ސިއްރިއްޔާތުގައި ކުރަން އުޅޭ މިކައިވެނި ބޮޑަށް ފަޅާއަރާފައިވަނީ އަނުޝްކާގެ މަންމަ އާއި އާއިލާގެ އެހެން ބަޔަކު އިޓަލީ އަށް ދާން ފުރަނިކޮށް އެއާޕޯޓުން ފެނިފައިވާތީ އާއި އަނުޝްކާ ވެސް އެމީހުންގެ "ޕަންޑިތު" އާއިއެކީ އިޓަލީއަށް ދާން ފުރަން ގޮސް ހުއްޓާ ފެނިފައިވުމުންނެވެ.

މީގެ އިތުރުން މިދެމީހުން ވަނީ ދާދި އެއްދުވަސްވަރެއްގައި މަސައްކަތުންވެސް ޗުއްޓީ ނަގާފައެވެ.

އަޑުތައް ފެތުރިފައިވާ ގޮތުގައި އަނުޝްކާ އާއި ވިރާތު ކައިވެނި ކުރަން ގަސްތު ކޮށްފައިވަނީ މިހިނގާ ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ