ޓީއެމްއޭގެ ހިއްސާ ގަތުމަށް އެމެރިކާގެ ކުންފުންޏަކާއި ޗައިނާ ކުންފުންޏަކުން ސޮއިކޮށްފި

ޓީއެމްއޭގެ ހިއްސާ ގަތުމަށް އެމެރިކާގެ ކުންފުންޏަކާއި ޗައިނާ ކުންފުންޏަކުން ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)ގެ ހިއްސާ ގަތުމަށް އެމެރިކާގެ ކުންފުންޏަކާއި ޗައިނާ ކުންފުންޏަކުން ސޮއިކޮށްފިއެވެ.

އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށް ގަންނަން ސޮއި ކޮށްފައިވަނީ އެމެރިކާގެ އިންވެސްޓްމަންޓް ކުންފުނި، ބައިން ކެޕިޓަލް އާއި ޗައިނާގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޓެމްޕަސް ގްރޫޕާ ގުޅިގެންނެވެ. އަދި ޓީއެމްއޭގެ 80 އިންސައްތަ ހިއްސާ ގަންނަން ސޮއި ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށް އިކޮނޮމިކް ޓައިމްސްގައި ބުނެފައިވެއެވެ.

އެހެންނަމަވެސް ހިއްސާ ވިއްކާލުމާއިމެދު ޓީއެމްއޭ އިން އަދިވަކިގޮތެއް ނިންމާފައިނުވާކަމަށް އިކޮނޮމިކް ޓައިމްސްގައި ބުނެފައިވެއެވެ.

2013 ވަނަ އަހަރުން ފެށިގެން ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ އޮންނަނީ އެމެރިކާގެ ބްލެކް ސްޓޯން ގްރޫޕުގައެވެ. އަދި މައިނޯރިޓީ ހިއްސާ އޮންނަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ކާސާ ހޮލްޑިންގްސްގައެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން ކުންފުނިން ރާއްޖޭގެ 60 އަށް ވުރެ ގިނަ ރިސޯޓަށް ފަތުރުވެރިން އުފުލަމުން އަންނަ އިރު، 48 ބޯޓުން އަހަރަކު 100,000 އަށްވުރެ ގިނަ ދަތުރު އަންނަނޫ ކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް