މި ވީޑިއޯ އަޑުއަހައިފިނަމަ ތިބާ އެއްވެސް ފާފައެއް ނުކުރާނެ!

މި ވީޑިއޯ އަޑުއަހައިފިނަމަ ތިބާ އެއްވެސް ފާފައެއް ނުކުރާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

ތިބާ ބަލި އެނދުގައި އޮންނައިރު ޢާއިލާގެ ގިނަ ބައަކު ވަށާލައިގެން ތިބެއެވެ. އެއެންމެން ތިއްބައި މަރު ހިއްޕަވާ މަލާއިކަތުން ވަޑައިގަންނަވައެވެ. އެވަގުތު ތިބާއަށް އިހްސާސްވާނީ އެކަނިވެރިކަމެވެ.

އެމަލާއިކަތުން ފެންނާނީ ހަމައެކަނި ތިބާއަށެވެ. ޢާއިލާގެ މީހުންގެ ކިބައިން އެހީތެރިކަމަށް އެދެން ތިބާ ބޭނުންވާނެއެވެ. ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. އެހިނދު މަރުގެ މަލާއިތާ އޭނާގެ ފުރާނައަށް ވިދާޅުވާނެއެވެ. "އޭ ނުބައިވެގެންވާ ރޫޙާއެވެ. އޭނާގެ ހަށިގަނޑުން ބޭރުވެގެން އަންނާށެވެ. މާތް ﷲ ގެ ގަދަފަދަ ކޯފާ އާއި ވަރުގަދަ އަޒާބާއި ކުރިމަތިލުމަށެވެ."

ތިބާގެ ހަށިގަނޑު ވަޅުލުމަށްފަހު މީހުން އެނބުރިދާއިރު އެމިހުންގެ ފިޔަވަޅުތަކުގެ އަޑު ތިބާއަށް އިވޭނެއެވެ. ނަމަވެސް ތިބާއަށް ކުރެވޭނީ ކީއް ހެއްޔެވެ؟ ސަލާމަތްވުމަށް އެދި ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ފިލަން ދާނީ ކޮންތަނަކަށް ހެއްޔެވެ؟

ނަރަކައިގެ އަލިފާން ގަނޑު ކައްވަޅުގެ ތެރެއަށް ވަދެގަނެއެވެ. ބިންގަނޑު ތިބާ ފިއްތާލައެވެ. މޭކަށިތައް އެއްފަރާތުން އަނެއްފަރާތައް ފޫއަޅަންދެންނެވެ.

އެންމެ ފުރަތަމަ ކޮންމެ މީހަކާއިވެސް ކައްވަޅުގައި ކުރިމަތިވާނީ 3 ސުވާލެވެ. އެކަމަށް ތައްޔާރުނުވެ ދުނިޔޭގެ އެދުމަށް ޣާފިލުވެގެން އުޅުނު އެއްވެސް މީހަކަށް އެ 3 ސުވާލުގެ ޖަވާބެއް ނުދެވޭނެއެވެ.

އެމީހާއަށް ސުވަރުގޭގައި ޚާއްޞަ ކުރެވުނު މަޤާމު އެމީހާއަށް ދައްކަވައެވެ. އެޖާގަ ލިބި ނުގަންނަނީ އަމިއްލައަށެވެ. އެހިސާބުން އެމީހަކަށް ކައްވަޅުގެ އަޒާބުތައް ލިބެން ފަށައެވެ.

ނުބައި ބިރުވެރި ސިފައެއްގައި ހުރެ އެމީހާ ކުރި ނުބައި އަމަލުތައް އެމީހާ އާއި ކުރިމަތިލައެވެ. ޤިޔާމަތް ދުވަހާއި ހަމައަށް އެމީހާ އާއިއެކު ދެމިހުރެއެވެ. އެހިސާބުން ދިގު ދަގަނޑެއް ހިފައިގެން ހުންނަ ކަނު މަންމަން ބީރު ނުބައި ސިފައަކަށް ހުންނަ މީހަކު އެމިހާ އާއި ކުރިމަތިލައެވެ. އެ ދަގަނޑަކީ ފަރުބަދައަކަށް ހެރި ނަމަވެސް ފުނޑުފުނޑުވެގެންދާ ފަދަ ބާރުހުރި ދަގަނޑެކެވެ. އެ ދަގަނޑުން އެމީހާއަށް ހަމަލާދެއްވުމުން އެމިހާ ފުނޑުފުނޑުވެގެންދެއެވެ. އަލުން އިޢާދަ ކުރައްވައެވެ. އަލުން ހަމަލާދެއެވެ. އެގޮތުގައި ޤިޔާމަތް ދުވަހާއި ހަމައަށް ތަކުރާރުވަމުންދެއެވެ.

ނަރަކައިގެ އަލިފާނަށް ބިރުވެތިވުމަށް އެންމެހައި ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުން ވަނީ އިންޒާރު ދެއްވަވައިފައެވެ.

ނަރަކައިގައި ތިބޭއިރު ބިރުވެރިކަން ބޮޑުކަމުން ތެޅި ފޮޅޭނެއެވެ. އަޑުގަދަކުރާނެއެވެ. އަދި އެއް ފުރުޞަތު ދެއްވެވުމަށް މާތް ﷲ ގެ ހަޟްރަތުގައި އެދި ދަންނަވާނެއެވެ. ނަމަވެސް އެދުވަހަކީ މާތް ﷲ އެ އަޑު އައްސަވާވޮޑިގަންނަވާނެ ދުވަހެއް ނޫނެވެ. މާތް ﷲ އެއްވެސް ޖަވާބެއް ނުދެއްވަވާނެއެވެ.

މިފަދަ އެތައް ވާހަކަތަކެއް ހިމެނޭ ޚަބަރުގައިވާ ވީޑިއޯ ރަނގަޅަށް އަޑުއަހައިފިނަމަ ތިބާ އެއްވެސް ފާފައެއް ނުކުރާނެއެވެ.

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް