ޤައުމުތަކުގެ މިނަވަންކަމަކީ ޑޮލަރަށް ވިއްކައިލެވޭވަރަށްވުރެ މާ އަގުބޮޑު އެއްޗެއް: އުރްދުޤާން

ޤައުމުތަކުގެ މިނަވަންކަމަކީ ޑޮލަރަށް ވިއްކައިލެވޭވަރަށްވުރެ މާ އަގުބޮޑު އެއްޗެއް: އުރްދުޤާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު


ޤައުމުތަކުގެ މިނަވަންކަމަކީ ޑޮލަރަށް ވިއްކައިލެވޭވަރަށްވުރެ މާ އަގުބޮޑު އެއްޗެއް ކަމަށް ތުރުކީގެ ރައީސް އުރްދުޤާން ވިދާޅުވެއްޖެއެވެ.

އުރްދުޤާން މިމޭރުމުން ވިދާޅުވެފައިވަނީ ފަަލސްޠީނުގެ ޖެރޫސަލަމް މައްސަލައިގައި އިއްޔެ އދ ގައި ނެގި ވޯޓު ނެގުމުގެ ކުރިން ތުރުކީ އާއި ޔަމަނުން ހުށަހެޅި ޤަރާރަށް ތާއީދު ހޯއްދެވުމަށް ދެއްކެވި ވާހަކަފުޅުގައެވެ.
"އަހަރެންގެ މިގޮވާލުމަކީ މުޅި ދުނިޔެއަށް ގޮވާލާ ގޮވާލުމެއް. ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ގޮވާލާ ގޮވާލުމެއް. އެމެރިކާއަކީ ޑިމޮކްރަސީއެކޭ ބުނާނީ ކިހިނެއްތަ؟ ޑިމޮކްރަސީއަކީ މިނިވަންކަމާއިިއެކު ވޯޓު ދިނުމުގެ ހައްޤު ދިނުން ނޫންތަ؟ ވޯޓަށް ޑޮލަރުން ބިރުދެއްކުމަކީ ވެސް ޑިމޮކްރަސީތަ؟" އުރުދުޤާން ވަނީ ސުވާލުކުރައްވވައިފައެވެ.

އުރުދުޤާން ވިދާޅުވީ ވޯޓަށް ހުރަސް އެޅުމުގެ ގޮތުން އެމެރިކާއިން ދައްކާ ބިރަށް ފަސްނުޖެހުމަށް އެދިވަޑައިގަންނަވާ ކަމަށާއި ދުނިޔޭގައި ހުރި މައްސަލަތައް ހައްލުކުރެވޭނީ މިނިވަންކަމާއިއެކު ވޯޓުދީގެން ކަމަށެވެ.
ވޯޓަށްފަހު އުރްދުޤާން ވިދާޅުވީ ޖެރޫސަލަމް މައްސަލައިގައި ދުނިޔެ ޤަބޫލުކުރާ ގޮތް މިހާރު އެމެރިކާއަށް އެނގޭނެ ކަމަށާއި އެމެރިކާގެ ނިންމުންތައް މިހާރުން މިހާރަށް އަނބުރާ ގެންދިއުމަށް އެމެރިކާއަށް ގޮވާލައްވާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް







ލަޠީފު 2017-12-22 15:06:04

ސާބަހޭ އަޅުގަނޑުމެންގެ ލޮބުވެތި ޒަޢީމް


އަބްދުއްލަތީފް