އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑިފެންޑަރު ހިޝާމް ސަލީމް ނިއުއަށް ސޮއިކޮށްފި

ޑިފެންޑަރު ހިޝާމް ސަލީމް ނިއުއަށް ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ފަހަކަށް އައިސް ޤައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ހުނަރުވެރި ޑިފެންޑަރު ހިޝާމް ސަލީމް (ކޮކީ) ނިއު ރޭޑިއަންޓްއަށް ސޮއިކޮށްފިއެވެ.

މާލޭ ލީގުގައި ވެލެންސިއާގައި މޮޅު ކުޅުމެއް ދެއްކި ކޮކީ ނިއުއަށް ސޮއިކުރުމާ ގުޅިގެން އެ ޓީމުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ، ކޮކީއަކީ އަންނަ ސީޒަންގައި ނިއު އިތުރަށް ވަރުގަދަކުރުމަށް އެކުލަވާލި ކުޅުންތެރިންގެ ލިސްޓްގައި ހިމެނޭ ކުޅުންތެރިއެެއްކަމަށެވެ.

އަންނަ އަހަރު އޭއެފްސީގެ ޖާގަ ހޯދައިފައިވާ ނިއުއިން ދަނީ އަންނަ ސީޒަންއަށް ތައްޔާރުވުމަށްޓަކައި ގިނަ ކުޅުންތެރިން އެ ޓީމަށް ގެނައުމުގެ މަސައްކަތްކުރަމުންނެވެ. އެ ގޮތުން މާޒިޔާގައި ކުޅެމުންދިޔަ މިޑްފިލްޑަރު މުހައްމަދު އުމައިރު ވަނީ ނިއުއަށް ސޮއިކުރައްވައިފައެވެ.

އަދި ނިއުއިން ދަނީ އެ ޓީމުގެ ގިނަ ކުޅުންތެރިންނާއެކު އެއްބަސްވުން އާ ކުރަމުންނެވެ. އެ ގޮތުން، މި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ޢަލީ ފާސިރު (ސެންޓޭ) އާއެކު، ނިއުއިން ވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.

ނިއުގެ ކޯޗުކަމުގައި ހުރި އޮސްކާ ބްރޫޒޮންއާއެކު ވެސް ނިއު ވަނީ އެއްބަސްވުން އާކޮށް، އަންނަ ސީޒަންގައި ނިއުގެ ކޯޗުކަމުގައި އޮސްކާ ބެހެއްޓުމަށް ނިންމައިފައެވެ.

ނިއު ވަނީ މި ސީޒަންގައި ދިވެހި ޕްރެމިއާ ލީގު، އެފްއޭކަޕް، އަދި ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް