އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިމީހާ ބުނަނީ އައިޝްވާރްޔާ އަކީ އޭނާގެ "މަންމަ" ކަމަށް. ވައްތަރުތަ؟

މިމީހާ ބުނަނީ އައިޝްވާރްޔާ އަކީ އޭނާގެ "މަންމަ" ކަމަށް. ވައްތަރުތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ބޮލީވުޑްގެ ސުޕަރސްޓާ އަދި ރީތީގެ ރާނީ އައިޝްވާރްޔާ ރާއީ ބަޗަން އަކީ ވެސް މަދު ކަންތައްތަކެއް ކުރިމަތިވާ ބަޠަލާއެއް ނޫނެވެ. މިދިޔައަހަރު އޭނާގެ ބައްޕަ މިދުނިޔެ ދޫކޮށް ދިޔުމުގެ ހިތާމައިން އަދިވެސް ރަނގަޅަށް އަރައިނުގަނެވިގެން އުޅެނިކޮށް، އަނެއްކާވެސް މިވަނީ އޭނާގެ ބޮލުގެ ރިހުން އިތުރުވާފަދަ ކަމަކާއި ކުރިމަތިވެފައެވެ.

މުޅި އިންޑިއާގެ ހުރިހާ ރައްޔިތުންހެން ނުހަނު އިޚްތިރާމްކުރާ އެއް އާއިލާކަމަށްވާ ބަޗަން އާއިލާގެ "ބަހޫ" އައިޝްވާރްޔާ ރާއީ ބަޗަން އަކީ އަބީޝެކް ބަޗަން ގެ އަންހެނުންނެވެ. އެދެމަފިރިންނަށް އަންހެން ދަރިއެއް ލިބިފައިވާއިރު، މިހާރު އިންޑިއާގައި އެންމެ ހަލުވި ކަމާއިއެކު ދެކެވޭ އެއް ވާހަކައަކީ، އައިޝްވާރްޔާ ގެ ފިރިހެން ދަރިއެއް ވެސް ހުންނަކަމުގެ ވާހަކައެވެ. އަދި މިވާހަކަތައް މީޑިއާ އާއި ހިއްސާ ކޮށްފައިވަނީ ވެސް ޚުދް އައިޝްވާރްޔާގެ "ފިރިހެން ދަރި" ކަމަށް ބުނާ މީހާއެވެ.



އަންދްރަ ޕްރަދޭޝް ގެ ސަންގީތު ކުމާރު ނަމަކަށް ކިޔާ މިމީހާގެ އުމުރުން މިހާރު 29 އަހަރެވެ. އައިޝްވާރްޔާ އަކީ އޭނާގެ "މަންމަ" ކަމަށް އެބުނާ ވާހަކައަކީ ތެދެއްނަމަ، އައިޝްވާރްޔާއަށް އޭނާ ލިބިފައިވަނީ އައިޝްވާރްޔާ ގެ އުމުރުން 15 އަހަރުގައެވެ.

"އައިޝްވާރްޔާ އަށް އަހަރެން ލިބުނީ އައިވީއެފް މެތަޑުން ލަންޑަންގައި. އެތަނުގައި އަހަރެން އުފަންވީ. އަހަރެންގެ އުމުރުން ދެ އަހަރާއި ހަމައަށް އަހަރެން ހުރީ އަހަރެންގެ މާމަ (އައިޝްވާރްޔާ ގެ މަންމަ) ރިންދާ ރާއީ ގެ އާއިލާ ގާތު. އޭގެ ފަހުން އަހަރެންގެ އުމުރުން ތިން އަހަރުން ފެށިގެން 27 އަހަރާއި ހަމައަށް އުޅުނީ ޗޯދާވަރާމް ގައި. އަހަރެންގެ ކާފަ (އައިޝްވާރްޔާ ގެ ބައްޕަ) ކްރިޝްނާރާޖް ރާއީ މަރުވީ މިދިޔަ އަހަރުގެ އޭޕްރިލް މަހު." މެންގަލޫރޫ ގެ މީޑިއާ އަކަށް މައުލޫމާތު ދެމުން ސަންގީތު ބުންޏެވެ.

އޭނާ ބުނިގޮތުގައި، އެހުރިހާ ދުވަހު އޭނާއަށް ހަގީގަތް އޮޅުވާލުމުން، އޭނާ ހުރީ އާއިލާ ދެކެ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

މިތުހުމަތާއި ގުޅިގެން އައިޝްވާރްޔާ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ