އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން ކުނިއުކަން ކާޑު ދައްކަންޖެހޭނެ. ނެތްނަމަ އަގު ނަގާނެ: މިނިސްޓަރު

ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން ކުނިއުކަން ކާޑު ދައްކަންޖެހޭނެ. ނެތްނަމަ އަގު ނަގާނެ: މިނިސްޓަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

މިފެށޭ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލޭ އިންޑަސްޓްރިއަލް އައިލަންޑަށް ކުނިއުކާލެވޭނީ އެކަމަށް ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ދޫކޮށްފައިވާ ކާޑު ދެއްކުމަށްފަހުގައި ކަމަށާއި ކާޑު ނެތްނަމަ އަގު ދައްކަންޖެހޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޠާރިޤް ވިދާޅުވީ އަމިއްލައަށް ކުނި އުފުލާ ގާޑިޔާ ޕިކަޕް ފަދަ ތަކެތި އީޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ނުހުންނަ ނަމަ އެ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ވެމްކޯ އިން މިއަދު ބުނީ މުޅި ރާއްޖޭގައި 27،000 ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އަންނަ ކަމަށާއި އެއިގެ ތެރޭގައި އަމިއްލައަށް ކުނި އުކާލާ 3606 ފަރާތް ހިމެނޭ ކަމަށެވެ.

މާލޭގެ ގޭގެއިން ނެރޭ ޢާންމު ކުންޏަށް ނުހިމެނޭ ތަކެތި 25 ރުފިޔާއިން ފެށިގެން މަތީގެ އަގުތަކަށް އުކާލުމުގެ ޚިދުމަތެއް ފެބްރުވަރީމަހުގެ 1 ވަނަ ދުވަހު މާލޭގައި ފަށާނެ ކަމަށްވެސް ވެމްކޯ އިން ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް