މިފްކޯ މަސްބޯޓު ދިޔަވުން ކޮންޓްރޯލްކޮށްފި

މިފްކޯ މަސްބޯޓު ދިޔަވުން ކޮންޓްރޯލްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 33 ސިކުންތު

އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންވެގެން ޅ.ފެލިވަރު ކައިރީގައި އަޅާފައި އޮތް މިފްކޯގެ މަސްބޯޓު ދިޔަވުން ކޮންޓްރޯލްކޮށްފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފުޝަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑްގެ ޑައިވަރުންގެ ޓީމަކުން ބޯޓުގެ ބަނޑު ފިލާއިން ދިޔަވާ ތަންތަން ބައްދައި ދިޔަވުން ކޮންޓްރޯލް ކޮށްފައިވާކަމަށެވެ. ބޯޓު ދިޔަވުން މުޅިންހެން ކޮންޓްރޯލް ކުރެވުނީ މިއަދު ހެނދުނު 10:30 ހާއިރުކަމަށް އާޒިމް ވިދާޅުވިއެވެ.

'މިފްކޯ 101' މަސްބޯޓު ދިޔަވަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވާނީ އިއްޔެ 15:30 ހާއިރުއެވެ. މަސްބޯޓު ދިޔަވަމުންދިޔައިރު ބޯޓުގައި 14 ބިދޭސީންނާއި 10 ދިވެހިން ތިބިކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް