ނިއު ދިއްލީގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި، އެކުއްޖާ މިހާރު އޮތީ އައިސީޔޫ ގައި

ނިއު ދިއްލީގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި، އެކުއްޖާ މިހާރު އޮތީ އައިސީޔޫ ގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު


ކުޑަކުދިންނަށް ކުރަމުންދާ ޖިންސީ ގޯނާތައް ހުއްޓާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގޮވާލަމުން ދިޔަ ނަމަވެސް އަދިވެސް އެކި ޤައުމުތަކުން ދަނީ މިފާޙިޝް ޢަމަލު ކުރިއަށް ގެންދަމުންނެވެ.
އެގޮތުން އިންޑިއާގެ ނިއުދިއްލީގައި ދާދި ފަހުން އުރުމުން 28 އަހަރުގެ ފިރިހެނެއްވަނީ، އުމުރުން އެންމެ އަށް މަހުގެ ތުއްތު ކުއްޖަކު ރޭޕްކޮށްފައެވެ.

އިންޑިއާގެ މީޑިއާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އެކުޑަކުއްޖާ ރޭޕްކުރި ފިރިހެން މީހާއަކީ އޭނާއާއި ދެބެންގެދެދަރި ބޭބެއެކެވެ. ނަމަވެސް ވަޙުޝީ ޚިޔާލުތައް ވެރިވެގަތުމުން، އާއިލީ ގުޅުމެއް، އިންސާނިއްޔަތުކަމެއް އަދި އެއީ ތުއްތު ކުއްޖެއްކަމެއް ވެސް އޭނާއަށް ނޭނގުނީއެވެ.

އުމުރުން އަށް މަހުގެ އެކުއްޖާ ރޭޕް ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ނިއު ދިއްލީގެ ކަލާވަތީ ސަރަން ޗިލްޑްރެންސް ހޮސްޕިޓަލަށް ފަރުވާއަށް އެތުއްތު ކުއްޖާ ގެންދެވުމުން، ތިން ގަޑިއިރުގެ ސަރޖަރީއަކަށްފަހު، މިހާރު އެކުއްޖާއަށް ދަނީ އެހޮސްޕިޓަލުގެ އައިސީޔޫ އިން ފަރުވާ ދެމުންނެވެ.

އިންޑިއާ ފުލުހުން ބުނެފައިވާ ގޮތުގައި، އެފިރިހެންމީހާ މިފާޙިޝް ޢަމަލު ހިންގައިވަނީ ނިއު ދިއްލީގެ ދެކުނުން ސުބާޝް ނަގަރް ގައި ހުންނަ އެކުއްޖާގެ ގޭގައެވެ. އަދި މިކަމެއް އޭނާ ކޮށްފައިވަނީ އެކުއްޖާގެ މައިންބަފައިން ވަޒީފާއަށް ދިޔަ ވަގުތު ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

"އަހަރެން ދިޔައީ ޑިއުޓީއަށް. އަދި އަހަރެންގެ އަންހެނުންވެސް އެއްގަޑިއިރަށް މަސައްކަތު ދިޔައީ. އަހަރުމެން ދިޔައީ އެބިލްޑިންގުގައި ދިރިއުޅޭ އަހަރުމެންގެ ތިމާގެ މީހަކާއި ދަރިފުޅު ހަވާލު ކޮށްފަ" އަށްމަހުގެ ކުއްޖާގެ ބައްޕަ ބުންޏެވެ.

ކުއްޖާގެ މަންމަ ގެއަށް ދިޔައިރު، އޭނާގެ ދަރިފުޅު އޮތީ އެނދުގައި ރޯން ކަމަށާއި އެއިރު މުޅި އެނދުގައި އޮތީ ހުސް ލޭ ކަމަށް ކުއްޖާގެ މަންމަ ބުނެފައިވެއެވެ. ވަގުތުން ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ކަމަށް ވެސް އޭނާ ބުންޏެވެ.

ކުއްޖާ ހަވާލުކުރި މީހުން ބުނި ގޮތުގައި، އެފިރިހެން މީހާ ކުއްޖާ ގެންދިޔައީ އެކުއްޖާ އުރާލާފައި ގެންނާނެކަމަށް ބުނެފައެވެ. އެމީހާއަށް ތުހުމަތުކުރެވެނީ، އޭގެ ފަހުން އޭނާ ފިލާފައިވާތީ ކަމަށް ވެސް އާއިލާއިން ބުންޏެވެ. އެފިރިހެންމީހާ އަކީ ވެސް ކުޑަ ފިރިހެން ކުއްޖެއްގެ ބައްޕައެއް ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން މިހާރު ވަނީ އެމީހާ ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ކުށުގެ ދައުވާއާއި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ