އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާފުށި ޖަލުގެ އިސްއޮފިސަރު އިސްތިއުފާ ދެއްވައިފި

މާފުށި ޖަލުގެ އިސްއޮފިސަރު އިސްތިއުފާ ދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

ކ.މާފުށި ޖަލު ބެލެހުއްޓުމާ ހަވާލުވެ ހުންނެވި އިސް އޮފިސަރު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މާފުށި ޖަލުގެ ޑިރެކްޓާ އޮފް ޕްރިޒަންސްގެ މަޤާމުން ސަލްމާން އިސްތިއުފާ ދެއްވީ ރޭގެ ވަގުތެއްގައެވެ. ސަލްމާން މަޤާމުން އިސްތިއުފާ ދެއްވުމުން، ޖަލު ބެލެހެއްޓުން ހަވާލުކުރެއްވީ ޑެޕިއުޓީ ޑިރެކްޓާ އޮފް ޕްރިޒަންސްގެ މަޤާމުގައި ހުންނެވި ޢަބްދުﷲ އަމީންއަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ސަލްމާން މަޤާމުން އިސްތިއުފާ ދެއްވީ މި ވަގުތަށް އެ ވަޒީފާގައި ދެމިހުންނަން ބޭނުންފުޅު ނުވާތީ ކަމަށެވެ.

ސަލްމާން އިސްތިއުފާ ދެއްވާފައިވަނީ ރާއްޖޭގެ ޖަލުތަކުގައި ތިބި ސިޔާސީ ލީޑަރުންތައް މިނިވަންކުރެއްވުމަށް ސްޕްރީމް ކޯޓުން ކުރި އަމުރާ އެއްގޮތަށް އަދި އެއިން އެއްވެސް ބޭފުޅަކު މިނިވަންކުރުމަށް ލަސްވަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް