އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޢަބްދުﷲ ސަޢީދު- މިސަރުކާރު ހިތް ހަމަނުޖެހިގެން ވަކިކުރި ދެވަނަ އުއްތަމަ ފަނޑިޔާރު!

ޢަބްދުﷲ ސަޢީދު- މިސަރުކާރު ހިތް ހަމަނުޖެހިގެން ވަކިކުރި ދެވަނަ އުއްތަމަ ފަނޑިޔާރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

މިމަހުގެ 5 ދުވަހުގެ ރެއިން ފެށިގެން ދޫނިދޫ ޖަލުގެ ކުޑަގޮޅީގައި ބަންދުކޮށްފައިވާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު މަޤާމުން ސަސްޕެންޑް ކުރަން ޖޫޑިޝަލް ސަރވިސް ކޮމިޝަނުން ނިންމައި އެކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ.

ޢަބްދުﷲ ސަޢީދު ގެ މައްޗަށް ފުލުހުން ވަނީ ސަރުކާރު ވައްޓާލަން އުޅުއްވުމާއި ރިޝްވަތު ހިފުމުގެ ތުހުމަތު ކޮށްފައެވެ. ނަމަވެސް އެމަނިކފާނުގެ ވަކީލުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

25 ސެޕްޓެމްބަރ 1964 ގައި ސ. މީދޫގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޢަބްދުﷲ ސަޢީދު ވަނީ އަލްއަޒްހަރު ޔުނިވަރސިޓީންނާއި މޯލްޓާ އަދި އިންޑިއާ އިން މަތީ ތައުލީމު ޙާޞިލުކުރައްވައިފައެވެ.

ޢަބްދުﷲ ސަޢީދު ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލު ކަމާއި އެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ކަމާއި އެނޫންވެސް ވަރަށް ގިނަ މަޤާމުތައް ފުރުއްވައިފައެވެ.

ޢަބްދުﷲ ސަޢީދު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް ފުރަތަމަ އިސްކުރެވުނީ 18 ސެޕްޓެމްބަރ 2008 ގައި ރައީސް މައުމޫންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައެވެ. އެފަހަރު މަޤާމުން ވަކިކުރެވުނީ އެމްޑީޕީގެ ވެރިކަމުގައި 10 އޮގަސްޓް 2010 ގައެވެ. ދެވަނަ ފަހަރަށް އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އިސްކުރެވުނީ މި ސަރުކާރުގެ ވެރިކަމުގައި އެއިރު ހުންނެވި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން 14 ޑިސެމްބަރު 2014 ގައި ނިންމައި އުއްތަމަ ފަނޑިޔާރުކަމަށް ޢަބްދުﷲ ސަޢީދު އައްޔަންކުރުމަށް ރުހުން ދިނުމުންނެވެ.

އެއިރު ހުންނެވި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ވެސް މަޤާމުން ވަކިކުރެވުނީ މިސަރުކާރުން ބޭނުންވާ ގޮތަށް މައްސަލަތައް ނިންމަވަން ތަނާޒުލްވެވަޑައިގަތުމުންނެވެ. އެހެންކަމުން ޢަބްދުﷲ ސަޢީދު ވެވަޑައިގަންނަވާނީ މިސަރުކާރު ބޭނުންވާ ގޮތަށް ޙުކުމްތައް ކޮށްނުދީގެން ވަކިކުރެވުނު 2 ވަނަ އުއްތަމަ ފަނޑިޔާރަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް