އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ގެތާފޭއިން ބާސެލޯނާ ހިފަހައްޓައިފި

ގެތާފޭއިން ބާސެލޯނާ ހިފަހައްޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު


ސްޕެނިޝް ލީގުގައި ގެތާފޭއިން ވަރުގަދަ ބާސެލޯނާ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގައި ބާސާގެ ތަރި ލިއޮނަލް މެސީއާއި ފިލިޕޭ ކުޓީނިއޯގެ އިތުރުން ލުއިސް ސުއަރޭޒްގެ ފަރާތުން ގެތާފޭގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވާއިރު، މި ހަމަލާތައް ދިފާއުކުރުމުގައި ގެތާފޭގެ ގޯލްކީޕަރު ވިސެންޓޭ ގުއައިޓާގެ ހުޝިޔާރުކަން ވެސް ފެނިގެން ގޮސްފައިވެއެވެ. މިއީ މި ސީޒަންގައި ލަނޑެއް ނުޖެހި ބާސާއިން ލީގު މެޗެއް ނިންމާލި ފުރަތަމަ ފަހަރު ވެސް މެއެވެ.

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާއި ލެވަންޓޭ ބައްދަލުކުރި މެޗު ނިމުނީ 1-3 ގެ ނަތީޖާއިން ވެލެންސިއާ މޮޅުވެގެންނެވެ. މި މެޗުގައި ވެލެންސިއާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސަންޓި މިނާ، ލުސިއާނޯ ވިއޭޓޯ، އަދި ޑަނިއެލް ޕަރޭހޯއެވެ. މެޗުގައި ފެނިގެންދިޔަ ލެވަންޓޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ސާޖިއޯ ޕޯސްޓިގާއެވެ.

ރޭގެ މެޗުތަކުގެ ނަތީޖާއާއެކު، ބާސެލޯނާ އޮތީ ލީގު ތާވަލުގެ އެއްވަނައިގައި ކުޅުނު 23 މެޗުން 59 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 23 މެޗުން 52 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 23 މެޗުން 43 ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ ވެލެންސިއާއެވެ. ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް އޮތީ ކުޅުނު 22 މެޗުން 42 ޕޮއިންޓް ލިބިގެން ހަތަރުވަނައިގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް