އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ވެސްޓް ބްރޯމް ބަލިކޮށް ޗެލްސީއަށް މުހިންމު ތިން ޕޮއިންޓެއް

ވެސްޓް ބްރޯމް ބަލިކޮށް ޗެލްސީއަށް މުހިންމު ތިން ޕޮއިންޓެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

އިނގިރޭސި ޕްރެމިއާ ލީގުގައި 0-3 ގެ ނަތީޖާއިން ވެސްޓް ބްރޯމްގެ މައްޗަށް ކުރިހޯދައި، ޗެލްސީއަށް މުހިންމު ތިން ޕޮއިންޓެއް ހޯދައިފިއެވެ.

އިނގިރޭސި ކްލަބްތަކުގެ ތެރެއިން ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭނީ އިނގިރޭސި ލީގުގެ ގަދަ ހަތަރު ޓީމަށްވެފައި، ރޭގެ މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީ އޮތީ ކުޅުނު 27 މެޗުން 53 ޕޮއިންޓް ލިބިގެން ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. ލީގު ތާވަލުގެ ފަސްވަނައިގައި ޓޮޓެންހަމް އޮތީ ކުޅުނު 27 މެޗުން 52 ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި އޮތް ލިވަޕޫލަށް ކުޅުނު 27 މެޗުން ލިބިފައިވަނީ 54 ޕޮއިންޓްއެވެ. ތާވަލުގެ ދެވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ ކުޅުނު 27 މެޗުން 56 ޕޮއިންޓް ލިބިގެންނެވެ. އެއްވަނައިގައި އޮތީ ކުޅުނު 27 މެޗުން 72 ޕޮއިންޓް ލިބިގެން މެންޗެސްޓާ ސިޓީއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޗެލްސީއަށް ލީޑު ނަގައިދިނީ މެޗުގެ 25 ވަނަ މިނެޓުގައި ޗެލްސީގެ ތަރި އެޑެން ހަޒާޑެވެ. ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 63 ވަނަ މިނެޓުގައި ވިކްޓާ މޮސަސް އެވެ. މެޗުގައި ފެނިގެންދިޔަ ޗެލްސީގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 71 ވަނަ މިނެޓުގައި ފުރަަތަމަ ލަނޑު ކާމިޔާބުކޮށްދިން ހަޒާޑެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި ޗެލްސީ ދެން ބައްދަލުކުރަންޖެހޭނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް