އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޗެރިޓީ ޝީލްޑް މެޗު މި ފަހަރު ނުކުޅޭ ގޮތަށް ނިންމައިފި

ޗެރިޓީ ޝީލްޑް މެޗު މި ފަހަރު ނުކުޅޭ ގޮތަށް ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ފުޓުބޯޅަ ސީޒަން ހުޅުވުމަށްޓަކައި ކުޅޭ ޗެރިޓީ ޝީލްޑް މެޗު މި ފަހަރު ނުކުޅޭ ގޮތަށް މޯލްޑިވްސް ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ނިންމައިފިއެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު ކުޅުމަށް ކުރިން ތާވަލުކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހުގައެވެ. އެހެން ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްހަރު ހަލަބޮލިވެ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން އެ މެޗު ވަނީ ފަސްކޮށްފައެވެ.

އެފްއޭއެމްއިން ބުނި ގޮތުގައި، ޗެރިޓީ ޝީލްޑް މެޗު ދެން އެހެން ތާރީޚެއްގައި ކުޅެން ޖެހޭނަމަ، ފުޓުބޯޅަ ސީޒަންގެ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިދާނެކަމަށާއި އެހެންވާނަމަ ގިނަ ކްލަބްތަކަށް ތަކުލީފަކަށް ވެދާނެތީ އެ މެޗު މި ފަހަރު ނުކުޅޭ ގޮތަށް ނިންމީ ކަމަށެވެ. އަދި މި އަހަރަކީ ދިވެހި ޤައުމީ ޓީމުގެ ވެސް ގިނަ ހަރަކާތްތަކެއް ތާވަލުކުރެވިފައިވާ އަހަރެއްކަން ވެސް އެފްއޭއެމްއިން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވީ ނަމަވެސް މިރެއަށް މާލޭގައި ކުޅެން ތާވަލުކޮށްފައިވާ އޭއެފްސީ ޕްލޭއޮފް ބުރުގެ މެޗު އޮތީ ކުޅޭ ގޮތަށެވެ. މި މެޗުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް