އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މަންމަ ގޮވައިގެން ހޮސްޕިޓަލަށްދިއަ 5 އަހަރުގެ ކުއްޖަކު މަންމަ ގާތު ނިދާފައި އޮއްވާ މަންމަ މަރުވުމުން މަރުވީ ކަމަށް ޤަބޫލެއް ނުކުރެވުނު

މަންމަ ގޮވައިގެން ހޮސްޕިޓަލަށްދިއަ 5 އަހަރުގެ ކުއްޖަކު މަންމަ ގާތު ނިދާފައި އޮއްވާ މަންމަ މަރުވުމުން މަރުވީ ކަމަށް ޤަބޫލެއް ނުކުރެވުނު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

އެކަނިވެރިކަމުގައި ދެމައިން އުޅެމުންދަނިކޮށް މަންމައަށް ނޭވާލާން އުނދަގޫވުމުން މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދިއައީ 5 އަހަރުގެ ފިރިހެން ދަރިފުޅެވެ. ހޮސްޕިޓަލަށް ދިއުމާއިއެކު މަންމަ އެޑްމިޓްކުރިއެވެ. އެޑްމިޓްކޮށް ފަރުވާދޭން ފެށިތަނާ ދެމައިންނަށްވެސް އެނދުގައި ނިދުނީއެވެ.

އެއިގެ 2 ގަޑިއެއްހާއިރު ފަހުން ކުއްޖާއަށް ހޭލެވުނީ މަންމަ މަރުވެގެން މޯޗަރީއަށް ގެންދަން އުޅެނިކޮށެވެ. ހޭލެވުމުން މަންމަ މަރުވެއްޖެ ކަމަށާއި މޯޗަރީއަށް ގެންދަނީ ކަމަށް ބުނުމުން ދަރިފުޅު އެކަން ޤަބޫލެއް ނުކުރިއެވެ. މަންމަ މަރުވެއްޖެކަން ކުއްޖާއަށް ޤަބޫލުކުރެވޭވަރަށް ބުނެދޭން ޑޮކްޓަރުންނަށާއި ނަރުހުންނަށް އެތައް ގަޑިއިރެއްވަންދެން މަސައްކަތްކުރަންޖެހުނެވެ.

ޢައިލާ އާއިބެހޭ މައުލޫމާތު ހޯދަން އުޅުމުން ކުއްޖާއަށް އެމައުލޫމާތު ދެވޭނެ ގޮތެއް ނުވިއެވެ. ބައްޕައަކީ ކޮބައިކަމާއި ޢާއިލާގެ މީހުންނަކީ ކޮބައިކަން ބުނެދޭން ނުއެނގުމުންނެވެ. ނަމަވެސް އަންހެން މީހާގެ އަތުގައި އޮތް ކުޑަ އަތް ދަބަހަކުން އޭނާގެ ނަމާއި އޭނާއަކީ ކުންފުންޏެއްގެ މަސައްކަތު އަންހެނެއްކަން އެނގުނެވެ.

މިބާވަތުގެ ކަންކަމުގައި އެހީތެރިވެދޭ ޖަމާއަތްތަކުން ކުރި މަސައްކަތުން އަންހެން މީހާގެ އާއިލާގެ މީހުން ހޯދުނީ 18 ގަޑިއިރު ފަހުންނެވެ. ފެނުމުން ހޮސްޕިޓަލަށް ގެނެސް ހަށިގަނޑާއި ތުއްތު ޝުއައިބު ވަނީ ޢާއިލާ އާއި ހަވާލުކޮށްފައެވެ.

ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި އަންހެންމީހާ އަށް އެހީތެރިވެދޭނެ މީހަކު ނުވެގެން ދިރިއުޅެމުން ދިއައީ އޭނާ އާއިއެކު މަސައްކަތްކުރާ އަންހެނެއްގެ ގޭގައެވެ. އެހެންކަމުން މަންމަގެ ތިމާގެ މީހުންނަކީ ކޮބައިކަމާއި ބައްޕައަކީ ކާކުކަން ބުނެދޭން ޝުއައިބަށް ނުއެނގުނީއެވެ.
މިއީ އިންޑިއާގެ ޒަހީރުއާބާދުގައި މީގެ 2 ދުވަސް ކުރިން ހިނގާފައިވާ ހާދިސާއެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް