އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ލަފާކުރިވަރަށްވުރެ ޖަނަވަރީ މަހު މީރާއަށް ލިބުނު އާމްދަނީ 10.7 % އިތުރުވެއްޖެ

ލަފާކުރިވަރަށްވުރެ ޖަނަވަރީ މަހު މީރާއަށް ލިބުނު އާމްދަނީ 10.7 % އިތުރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

މި އަހަރުގެ ޖަނަވަރީ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށާއި މިއީ މި އަހަރު ޖަނަވަރީގައި ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ .7 އިތުރު އަދަދެއް ކަމަށް މީރާއިން ބުނެފިއެވެ.

ޖަނަވަރީ މަހަކީ ޓެކުހުގެ މުހިއްމު ސުންގަޑިތަކެއް އަންނަ މަހެކެވެ. އެ ގޮތުން މިދިއަ ޖަނަވަރީ 28 ވަނަ ދުވަހަކީ 2017ގެ ފަހު ކުއާޓަރ އަދި ޑިސެންބަރު މަހުގެ ޖީ.އެސް.ޓީ ދެއްކުމުގެ ފަހު ދުވަހެވެ. އަދި ޖަނަވަރީ 31 ވަނަ ދުވަހަކީ 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ފަހު ދުވަހެވެ.

ޖަނަވަރީ2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. އެއީ %39.8ނުވަތަ 872.07 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އެވެ. އެއީ %37.9 ނުވަތަ 825.02 މިލިއަން ރުފިޔާއެވެ. އަދި ގްރީން ޓެކްސް (102.52 މިލިއަން ރުފިޔާ ނުވަތަ %4.7)، ޓޫރިޒަމް ލޭންޑް ރެންޓް (79.37 މިލިއަން ރުފިޔާ ނުވަތަ %3.6)، ލޭންޑްއެކިއުސިޝަންއެންޑްކޮންވާޝަންފީ (69.51 މިލިއަން ރުފިޔާ ނުވަތަ %3.2)އަދި އެހެނިހެން ޓެކުހާއި ފީ (243.37 މިލިއަން ރުފިޔާ ނުވަތަ .1) ހިމެނެއެވެ.

2017ވަނަ އަހަރު ޖަނަވަރީމަހުގައި ވެސް މީރާއަށް ވަނީ 2.2 ބިލިއަންރުފިޔާގެ އާމްދަނީ ބަލައިގެންފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު