އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ވަރިކުރުމަށްފަހު ޚަރަދު ނުދޭތީ ކޯޓަށް ދިއުމުން، މަރާލާނެކަމުގެ އިންޒާރުދީ ބަޑި ޖައްސައިފި

ވަރިކުރުމަށްފަހު ޚަރަދު ނުދޭތީ ކޯޓަށް ދިއުމުން، މަރާލާނެކަމުގެ އިންޒާރުދީ ބަޑި ޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ވަރިކުރުމަށްފަހު ޚަރަދު ނުދޭތީ ކޯޓަށް ދިއުމުން ޤައުމުން ބޭރުނުވެއްޖެނަމަ އަންހެން މީހާ އާއި 2 ދަރިން މަރާލާނެކަމުގެ އިންޒާރުދީ ބޮލުގަ ބަޑި ޖެއްސި މީހަކު ދުބާއީ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކައިވެނި ރޫޅާލާފައިވަނީ މީގެ 6 އަހަރު ކުރިން ކަމަށާއި ވަރިކުރި ފަހުން އަނބިދަރިންނަށް ޚަރަދުނުދޭ މައްސަލަ އަންހެން މީހާ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. "މިއީ އާދައިގެ ކަމެއް ނޫން. އަންހެން މީހާގެ އެއްބަނޑު ކޮއްކޮއަށް އިންޒާރުދީ އޭނާގެ ބޮލުގަވެސް ބަޑި ޖެއްސި."

އަންހެން މީހާ ބުނީ އޭނާއަކީ ސައުދީއަންހެނެއް ކަމަށާއި ވަރިކުރުމަށްފަހު ޚަރަދު ނުދޭތީ ކުދިން ގޮވައިގެން ޤައުމަށްވެސް ދިއަ ކަމަށެވެ. ނަމަވެސް އެނބުރި އައިސް ކޯޓަށް މައްސަލަ ހުށަހެޅީ ޚަރަދު ނުދީ ހުރެ ދެވަނަ ކައިވެންޏެއް ކުރަން އުޅޭކަން އެނގުމުން ކަމަށެވެ.

ބޮލުގައި ބަޑިޖައްސައި ބިރުދެއްކި މައްސަލައިގައި ފުލުހުން މިހާރު ވަނީ ފިރިހެން މީހާ ބަންދުކޮށްފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު