ބޮލީވުޑްގެ ތަރި ސްރީދޭވީ މަރުވެއްޖެ

ބޮލީވުޑްގެ ތަރި ސްރީދޭވީ މަރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު


ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސްރީދޭވީ މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްރީދޭވީ މަރުވީ އޭނާގެ އާއިލާގެ މެންބަރެއްކަމަށްވާ މޯހިތު މަރްވާގެ ކައިވެނީގެ ހަފުލާއަކަށް ފިރިކަލުން ބޯނީ ކަޕޫރާއި އަންހެން ދަރިފުޅު ޚުޝީ ކަޕޫރާއެކު ދުބާއީއަށް ގޮސް ހުއްޓައި، ހާޓްއެޓޭކެއް ޖެހިގެންނެވެ.

އުމުރުން 54 އަހަރުގައި މަރުވި ސްރީދޭވީގެ ހަށިގަނޑު އިންޑިއާއަށް ގެނައުމުގެ މަސައްކަތް އޭނާގެ ޢާއިލާއިން ކުރަމުންދާކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ސްރީދޭވީ ބޮލީވުޑްގައި އޭނާގެ ފިލްމީ ކެރިއަރު ފެށީ 1975 ވަނަ އަހަރުގައި ނެރުނު 'ޖޫލީ' ފިލްމުންނެވެ. އެއިރު ސްރީދޭވީގެ އުމުރުން އެންމެ 11 އަހަރެވެ.

ސްރީދޭވީގެ ފިލްމީ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ސަދްމާ، ޗާންދްނީ، ހިމްމަތުވާލާ، ޗާލްބާޒް، މިސްޓަރ އިންޑިއާ، ގުމްރާ ފަދަ ފިލްމުތައް ހިމެނެއެވެ. ސްރީދޭވީއަށް ދަރިއަކު ލިބުމަށްފަހު އޭނާ ވަނީ 15 އަހަރު ވަންދެން ކެމެރާ ކުރިމަތިން ގެއްލިފައެވެ. އަނބުރާ ފިލްމް އިންޑަސްޓްރީން ސްރީދޭވީ ފެނިގެން ގޮސްފައިވަނީ 2012 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު 'އިންގްލިޝް ވިންގްލިޝް' އާއެކުވެ. ސްރީދޭވީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ނެރުނު 'މޮމް' ފިލްމުންނެވެ.
ސްރީދޭވީގެ ކުއްލި މަރާ ގުޅިގެން މުޅި ބޮޑު ބޮލީވުޑް އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް