މެލޭޝިއާގެ 250 ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

މެލޭޝިއާގެ 250 ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

މެލޭޝިއާއިން ރާއްޖެއަށް ދިން 250 ސްކޮލާޝިޕަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

މި ސްކޮލާޝިޕްތަކަކީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މެލޭޝިއާގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސް (އައިޖީއެމްއެސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމަށް ދިން 500 ސްކޮލާޝިޕްގެ ތެރެއިން ހިމެނޭ 250 ސްކޮލަޝިޕެވެ.

ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ 250 ސްކޮލާޝިޕްތަކުގެ ތެރޭގައި ހިމެނެނީ ޑިގްރީއަށް ކިޔަވަން 200 ސްކޮލާޝިޕާއި މާސްޓާސްއަށް ކިޔަވަން 50 ސްކޮލާޝިޕެވެ. މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މާޗު މަހުގެ 15 ދުވަހުގެ ނިޔަލަށެވެ.

މެލޭޝިއާއިން ރާއްޖެއަށް ދިން މި ސްކޮލާޝިޕްތަކަކީ %50 ޑިސްކައުންޓް ލިބިދޭ ސްކޮލާޝިޕްތަކެވެ. މި ސްކޮލާޝިޕްތަކުން ކިޔެވުމުގެ ފުރުސަތު ލިބެނީ މެލޭޝިއާގެ 17 ޔުނިވާސިޓީއަކުންނެވެ. މި ސްކޮލާޝިޕްތަކުގައި ކިޔެވުމަށްފަހު ވަކި މުއްދަތެއްގައި ރާއްޖޭގައި މަސައްކަތްކުރުން ޝަތުރުކުރެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް