ޝައިޚް އިމްރާން ހާލު ސީއަސް- ހިތުން ލޭ ޕަމްޕް ކުރުން ހުއްޓުމާ ކިޑްނީ މައްސަލަތައް އުފެދުމުގެ ފުރުޞަތު ބޮޑު

ޝައިޚް އިމްރާން ހާލު ސީއަސް- ހިތުން ލޭ ޕަމްޕް ކުރުން ހުއްޓުމާ ކިޑްނީ މައްސަލަތައް އުފެދުމުގެ ފުރުޞަތު ބޮޑު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު


އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނަށް މިހާރު ކުރިމަތިވެވަޑައިގެންފައިވާ ލޭގައި ސޯޑިއަމް ގިނަ ވުމުގެ މައްސަލައަކީ އަވަސް ފަރުވާއެއް ނުލިބިއްޖެ ނަމަ ހިތުން ލޭ ޕަމްޕްކުރުން ދަށަށް ދިއުމާއި ކިޑްނީއަށް ގެއްލުންތައް ލިބިދާނެ ކަމެކެވެ.

އޮސްޓްރޭލިއާގައި 20 އަަހަރު ޚިދުމަތްކުރައްވައި އަދި މިހާރު އިންޑިއާގައި މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ޑރ. ސުރޭޝް ކުމާރު މިއަދު ވިދާޅުވީ އެކަމަކީ އަވަސް ފުރުޞަތެއްގައި ފަރުވާކޮށް މައްސަލަ ހައްލުކުރަން އުޅެފިނަމަ މާބޮޑު މައްސަލައަކަށް ނުވެ ހައްލުކުރެވިދާނެ ކަމެއް ކަމަށާއި ނަމަވެސް ފަރުވާކުރުން ލަސްވެއްޖެނަމަ އެތެރެހަށީގެ ގުނަވަންތަކަށް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ.

"ހިތުން ލޭ ޕަމްޕުކުރުމަށްވެސް މައްސަލަތައް ކުރިމަތިވާނެ. ކިޑްނީއަށްވެސް މައްސަލަތައް ކުރިމަތިވާނެ. ސޯޑިއަމް ލެވެލް ޖެހޭނެ ކޮންޓްރޯލްކުރަން. އެމީހާގެ ކޮލޮސްޓްޜޯލް ލެވެލް މަތިވެފަ ސޯޑިއަމް މަތިވުމަކީ އިތުރަށް ނުރައްކާވާ ކަމެއް." ކަމަށް ވެސް ޑޮކްޓަރު ސުރޭޝް ވިދާޅުވިއެވެ.

އަދާލަތު ޕާޓީން ބުނެފައިވަނީ މާފުށީ ޖަލުގައި ބަންދުކޮށްފައިވާ އަދާލަތު ޕާޓީގެ ޞިއްޙީ ޙާލުކޮޅު ވަަރަށް ސީރިއަސް ކަމަށާއި ނަމަވެސް ޓެސްޓްތައް ހަދަން ޑޮކްޓަރަށް ނުދެއްކޭ ކަމަށެވެ.
އަދާލަތު ޕާޓިން ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ ޝައިޚް އިމްރާންގެ ލޭގައި ސޯޑިއަމް ލެވެލް މަތިކަން ފާހަގަކޮށް ޓެސްޓްތައް ހެދުމަށް ޑޮކްޓަރުން ވަނީ މީގެ 2 މަސްދުވަސްކުރިން ލަފާދީފައި ކަަމަށާއި ނަމަވެސް އަދިވެސް ޑޮކްޓަރަށް ނުދެއްކޭ ކަމަށެވެ.

ޝައިޚް އިމްރާންގެ އަނބިކަނބަލުން ވިދާޅުވީ ޝައިޚް އިމްރާން ޑޮކްޓަރަށް ނުދެއްކޭތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ދިއުމުން ބުނަމުން އައީ މިހާރު ކުއްލި ނުރައްކަލުގެ ޙާލަތު އޮތުމުން ޑޮކްޓަރަށް ދައްކަނީ "އާޖަންޓް"ވާ މީހުން ކަމަށެވެ. ނަމަވެސް މިއަދު މެޑިކަލް ސަރވިސްއަށް ގުޅުމުން މިހާރު ޑޮކްޓަރަށް ދައްކަން ފަށާފައިވާ ކަަމަށާއި ދެވަނަ ހަފްތާގައި ޝައިޚް އިމްރާން ޑޮކްޓަރަށް ދެއްކޭތޯ ބަލައިދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. "ގޭގައި ހުންނެވި އިރު ކޮލޮސްޓްރޯލް ލެވެލް ވެސް ވަރަށް މަތި."

މިކަމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަރުޖަމާނަށް ގުޅުމުން ފޯނު ނުނަންގަވާތީ ބަހެއް ލިބޭނެ ގޮތް ވަނީ ނުވެފައެވެ.
ލޭގައި ސޯޑިއަމް މަތިވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ހަކުރު ބަލި ހުރުމާއި ގިނައިން ދާހިއްލުން ހިމެނެއެވެ. ޝައިޚް އިމްރާން ގެންދަވަނީ ހަކުރުބައްޔަށް ފަރުވާކުރައްވަމުންނެވެ. އޮންނެވި ގޮޅީގެ ސަބަބުން އަބަދުވެސް ހުންނާނީ ހަސިކޮޅުން ދައު އޮހޮރިއޮހޮރިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް