އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެ އާއި ވިލިނގިލި ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާއި ޙަވާލުކޮށްފި

މާލެ އާއި ވިލިނގިލި ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާއި ޙަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މާލެ ސިޓީ، މާލެއާއި ވިލިނގިލީގެ މަގުތަކާއި ޢާއްމު އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް، ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް، މިނިސްޓްރީއޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ އާއި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުން އެ މަސައްކަތްކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއި ގުޅިގެން، މިމަސައްކަތް ކުރަންފެއްޓުމަށްޓަކައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހިމެނޭގޮތުން 3 ޕާޓީގެ މެދުގައި މިއަދު ފަހުމުނާމާގައި ވަނީ ސޮއިކޮށްފައެވެ.


މި ފަހުމުނާމާގައި މިނސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ނާއިބު ޢަލީ ޢާމިރެވެ. އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް މުޙައްމަދު އިބްރާހީމެވެ. އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢުއެވެ.

މިފަހުމުނާމާގެދަށުން،މާލެސިޓީ މާލެ އާއި ވިލިނގިލީގެ މަގުތަކާއި ޢާންމު އިޖްތިމާޢީ ސަރަޙައްދުތަކުން ކުނި ނެގުމުގެ މަސައްކަތް 1 މާރޗު 2018 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ފަށަންޖެހޭނެއެވެ. އަދި ކުރިއަށް އޮތް 1 މަސްދުވަހުގެ މުއްދަތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް، މިނިސްޓްރީއޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ އާއި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ދެމެދު ފުރިހަމަ އެއްބަސްވުމަކަށް އައިސް، މާލެ ސިޓީ، މާލެ އާއި ވިލިނގިލީގެ މަގުތަކާއި ޢާންމު އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯ އިން ފައްޓަންޖެހޭނެއެވެ.

ވެމްކޯ އިން ބުނެފައިވަނީ މިމަސައްކަތް ކުރިއަށް ގެންދާނީ ޢާންމުގޮތެއްގައި ދިވެހި މުވައްޒަފުން ލައިގެން ކޮންމެ ދުވަހަކު މިހުރިހާ ސަރަޙައްދުތަކެއް ކުނިކަހާ ސާފުކުރާ ގޮތަށްކަމަށެވެ. އަދި އަންހެނުންގެ ތެރެއިން މިކަމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް، އެމީހަކު ދިރިއުޅޭ ސަރަޙަދެއްގެ މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ ވަޒީފާގެ ފުރުޞަތު ލިބިގެން ދާގޮތަށްކަމަށެވެ.

މާލެ ސިޓީ މާލެ އާއި ވިލިނގިލީގެ މަގުތަކާއި ޢާއްމު ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް މިގެނެވުނު ބަދަލާއި ގުޅިގެން މާލެ ސިޓީގެ ޢާންމުސާފުތާހިރުކަން ވަރަށް ބޮޑަށް ރަނގަޅުކުރެވި މިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި ދިވެހި ޒުވާނުންނަށާއި ޙާއްޞަކޮށް އަންހެނުންނަށް އާމްދަނީއެއް ހޯދުމަށް ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު