ތިބާގެ ފާފަތައް ފުއްސަވަންދެން މާތް ﷲ އަށް އާދޭސްދަންނަވާނެ 30 އާޔަތް- ދޫކޮށްނުލާ!

ތިބާގެ ފާފަތައް ފުއްސަވަންދެން މާތް ﷲ އަށް އާދޭސްދަންނަވާނެ 30 އާޔަތް- ދޫކޮށްނުލާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ޤިޔާމަތް ދުވަހު ތިބާ ހުންނާނީ ހަމައެކަނިވެރިވެފައެވެ. ތިބާއަށް އެހީތެރިވެދޭނެ އިތުރު އެކަކުވެސް ނުހުންނާނެއެވެ. ތިބާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވާނެ މީހަކު ނުހުންނާނެއެވެ.

"ޤިޔާމަތް ދުވަހު، މަޙްޝަރުގެ މައިދާނުގައި ދަރިފުޅަށްޓަކައި ބައްޕައަށް ވެސް ކޮށްދެއްވޭނެ އެއްވެސް ކަމެއް ނުއޮންނާނެ" ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)، ލޯބިފުޅުވާ ދަރިކަނބަލުން ފާޠިމަތުގެފާނަށް ދެންނެވީ އެ ސަބަބަށްޓަކައެވެ.

ނަމަވެސް ތިބާގެ ފާފަތައް ފުއްސަވައިދެއްވަވަންދެން މާތް ﷲ ގެ ޙަޟްރަތުގައި ތިބާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި އާދޭސް ދަންނަވާނެ 30 އާޔަތް ކީރިތި ޤްރްޢާނުގައި އެބައޮތެވެ. އެއީ މުލްކް (ދިވެހިން ކިޔާގޮތަށް ނަމަ ތަބާރަ) ސޫރަތެވެ.އިބްން ޢައްބާސް ވިދާޅުވެފައިވަނީ ނަރަކައިން ސަލާމަތްވާށެވެ. މުލްކް ސޫރަތް ދަސްކޮށްގެން (ގިނަގިނައިން) ކިޔަވާށެވެ. އަދި ތިބާގެ އަނބި ދަރިންވެސް ނަރަކައިން ސަލާމަތްކުރާށެވެ. އަނބިދަރިންނަށްވެސް މުލް ސޫރަތް ދަސްކޮށްދޭށެވެ. ގިނަގިނައިން ކިޔަވަން އާދަކޮށްދޭށެވެ. އެކަމަށް ބާރުއަޅާށެވެ.

(މިކަން މިގޮތަށް ކާބަފައިން ނުއެނގި އޮވެދާނެއެވެ. ނަމަވެސް މީގެ ތަންކޮޅެއް ކުރިއަށް ބަލައިފިނަމަ ދެނަމާދުދޭތެރޭގައި ކޮންމެ ރެއަކުންވެސް ގޭގެ ގުގުމާލާފައިވާނީ ޔާސީން ސޫރަތާއި އައްރަޙްމާން ސޫރަތާއި ވާޤިއަތު ސޫރަތާއި މުލްކް ސޫރަތް ކިޔަވާއަޑުންނެވެ. ކަސޯޓީ އާއި ސީރީޒްގެ އަޑުތަކަކުން ނޫނެވެ.)

ދުނިޔެ ހޯދަން މަސައްކަތްކުރާ މީހުންނަށް އާޚިރަތެއް ނުލިބޭނެއެވެ. ނަމަވެސް އާޚީރަތް ހޯދަން މަސައްކަތްކުރާ މީހުންނަށް ދުނިޔެވެސް ލިބޭނެއެވެ. މިއީ އަހަރެމެންގެ އިމާމުންގެ ހޯއްދެވުންތަކެވެ. އެބޭކަލުންގެ ބަސްފުޅުތަކެވެ.

ކަން މިހެން އޮތް ނަމަވެސް އަހަރެމެންގެ ތެރެއިން 99 އިންސައްތަ މީހުންނަށް މިއުޅެވެނީ ދުނިޔެ ނުލިބިގެންނެވެ. އެމީހުންގެ ވަގުތުގެ 95 އިންސައްތަ ހޭދަކުރަނީ ފައިސާ ހޯދުމަށާއި ދުނިޔަވީ އުފާތަކަށްޓަކައި ކަންކަން ކުރުމަށެވެ.

އެމީހަކު ބޭނުން ގޮތަކަށް ވަގުތުތައް ހޭދަކުރެވިދާނެއެވެ. ދުނިޔަވީ އެދުންތަކުގައި ވަގުތު ހޭދަކުރުން މަދުކުރި ނަމަވެސް ފުދުންތެރި ދިރިއުޅުމެއް އުޅެވިދާނެއެވެ. މިދުނިޔޭގައި މާގިނަ މުދައުތަކެއް ޖަމާ ނުކުރެވުމަކީ މައްސަލައެއް ނޫނެވެ. ވަގުތުތައް ހޭދަކުރަންވީ މުދައު އެއްކުރުމަށާއި ފައިސާތައް ފުނިފުންޏަށް ޖަމާކުރާކަށް ނޫނެވެ.

އެމަސައްކަތުގައި އަވަދިނެތި އުޅެނިކޮށް މަރުވެ ދަނީ ކިތައް މީހުންހެއްޔެވެ؟ އެމީހުންނާއިއެކު ގެންދެވުނީ ކޮންއެއްޗެއް ހެއްޔެވެ؟ ނަމަވެސް ތިބާއަށް މާތް ﷲ އެންގެވި ގޮތުގައި ހެޔޮ އަމަލެއް ކުރެވިފައިވާނަމަ ތިބާ ދާނީ އެ އަމަލު ހިފައިގެންނެވެ. އާޚިރަތުގައި ތިބާއަށް ފައިދާކުރާނީ އެއަމަލުންނެވެ.

(ބްރެކެޓުން ބޭރުގައިވާ ހުރިހާ ލިޔުމެއް ނަކަލުކޮށްފައިވާނީ ލަވްﷲ ގެ ދަރުސަކުންނެވެ.)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް