އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަކީލުންގެ ބައްދަލުވުން ފުލުހުން ވަގަށް ރެކޯޑްކުރޭ- މިއަދު މީ ފަޅާ އެރި ދުވަސް: ވަކީލުން

ވަކީލުންގެ ބައްދަލުވުން ފުލުހުން ވަގަށް ރެކޯޑްކުރޭ- މިއަދު މީ ފަޅާ އެރި ދުވަސް: ވަކީލުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު

ބަންދުގައި ތިބޭ މީހުންނާއި ޤާނޫނީ ވަކީލުން ބައްދަލުކުރާ ބައްދަލުކުރުންތަކަކީ ސިއްރު ބައްދަލުވުންތަކެއް ނަމަވެސް އެފަދަ ބައްދަލުވުންތަކުގައި ދައްކާ ވާހަކަ ސިއްރުން ވަގަށް ފުލުހުން ރެކޯޑްކުރާތާ ކިތަންމެ ދުވަހެއް ވެއްޖެކަމަށް ޤަބޫލުކުރެވޭ ކަމަށާއި މިއަދަކީ ލޮލަށް ފެނި ފަޅާއެރި ދުވަސް ކަމަށް ޤާނޫނީ ވަކީލުންގެ ޓީމަކުން ބުނެފިއެވެ.

ވަކީލް ޙިސާން ހުސައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ބައްދަލުކުރައްވަން މިއަދު ވަޑައިގަތުމުން ފިނިކުރި، ބޮޑެތި ގޮނޑިތައް ޖަހާފައި ހުރި ކޮޓަރިއެއްގައި ބައްދަލުކުރުން ހަމަޖެއްސުމުން ސުވާލު އުފެދި އެކަމާއި ފުރަތަމަވެސް ސުވާލު ކުރެއްވިން ކަމަށެވެ.

"އެބޭފުޅުން ވިދާޅުވީ މިއީ އޮއްތަމަ ފަނޑިޔާރު ވީމާ ހަމަޖައްސައިދިން ކަމެއް ކަމަށް. އަޅުގަނޑު ދެންނެވިން މިހުރިހާ ދުވަހު ތިއަ ބޭފުޅުން އުއްތަމަ ފަނޑިޔާރު ތިއަ ބާއްވަނީ ކުޑަ ގޮޅިއެއްގައި ސިމެންތި އަށްޓެއްގައި ނޫންހޭ. މިއަދު ކީއްކުރަންހޭ މިހައި ބޮޑު އިނާޔަތެއް ތިއަ ދެނީ."
ހިސާން ވިދާޅުވީ ހިތްޕުޅުގައި ޝައްކު އުފެދުނު ވަރުން އިށީންނަށް ދެއްކި ގޮނޑި "ފުރޮޅާލާފައި" ބެއްލެވިއިރު ގޮނޑިދޮށުގައި ރެކޯޑަރެއް އޮތީ ތަތްކޮށްފައި ކަމަށެވެ.

ހިސާން ވިދާޅުވީ ރެކޯޑަރު ފެނިވަޑައިގަތުމުން އެކަން ޑިޔުޓީގައި ތިބި ފުލުހުންނަށާއި އިންޗާޖަށް އެންގެވި ކަމަށެވެ. އަދި އެގޮނޑި ބަލައިލަން ތަކުރާރުކޮށް ވިދާޅުވުމުން ވެސް ނުބެލި ކަމަށާއި ނަމަވެސް އެކަން ހިނގާފައިވާ ކަމަށް ޤަބޫލުކުރި ކަމަށެވެ.

ހިސާން ވިދާޅުވީ ވަކީލުންނަށް މުވައްކިލުންނާއި ބައްދަލުކުރެވެނީ އެތައް ބައިވަރު ސެކިޔުރިޓީ ޗެކްތަކެއް ކުރުމަށްފަހުގައި ކަމަށާއި ގެންދެވެނީ ހަމައެކަނި ކަރުދާސްކޮޅަކާއި ގަަލަމެއް ކަމަށެވެ.

ހިސާން ވިދާޅުވީ ދޫނިދޫ ޖަލުގެ ވެރިން ބޭނުންވީ ވަކީލުންނާއި ވަކިން ބައްދަލުކުރަން ކަމަށާއި ނަމަވެސް ބައްދަލުކުރައްވަން ކެރިވަޑައިނުގަތީ އަމިއްލަ ހަށިކޮޅަށް ވެދާނެ ގޮތެއް އެނގިވަޑައި ނުގަންނަވާތީ ކަމަށެވެ. "އަޅުގަނޑުމެންގެ ތެރެއިން އެތައް ވަކީލުންނަކަށްވެސް އެ ރެކޯޑަރު ވަނީ ފެނިފަ. ދޫނިދޫގަ އެވަގުތު ކަންތައްތައް ހުރި ގޮތުން އަޅުގަނޑުމެން ނިންމީ އެހިސާބުން އެއިރު ދޫނިދޫގައި ތިބި ހުރިހާ ވަކީލުން އިތުރަށް ދޫނިދޫގައި މަޑުނުކޮށް ފުރައިގެން މާލެއަންނަން. އެހެންވެ ހުރިހާ ވަކީލުން އެކުގަ ފުރައިގެން މިއައީ."

ވަކީލުން މިއަދު ބުނީ މިފަދަ ކަންކަމަކީ މަތިން އަމުރުކުރި ނަމަވެސް އެއްވެސް ފުލުހަކު ކޮށްެންވާނެ ކަންކަން ނޫން ކަމަށާއި މިއީ ޤާނޫނު އަސާސީގައި އަދަބު ކަނޑައެޅިފައިވާ ޖިނާޢީ ކުށެއް ކަމަށެވެ. މި މައްސަލަ ބެލޭނެ ކަމަށާއި އެކަން ކުރި ބައަކު ޤާނޫނުގެ ކުރިމަތީގައި ޒިންމާވާން ޖެހޭނެ ކަމަށެވެ.

ވަކީލުން ބުނީ މިފަދަ މައްސަލަތައް ފަޅާއެރުމުން ވެސް ވަކީލުން ފުލުހުން ބަދުނާމުކުރަނީ ކަމަށް ބުނުމުން ނުފުދޭނެ ކަމަށާއި ފުލުހުން ލައްވައި ބޮޑެތި ކުށްތައް ކުރުވައި މުއައްސަސާ ބަދުނާމުކުރަމުން ގެންދަނީ ފުލުހުންގެ މުއައްސަސާގެ ވެރިން ކަމަށެވެ. އަދި މަތިން އަމުރުކުރި ނަމަވެސް މިފަދަ ބޮޑެތި ކުށްތައް ނުކުރުމަށް ފުލުހުންނަށް ގޮވާލާ ކަމަށާއި ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންވުން ހުއްޓާލުމަށް ވެސް ވަކީލުން ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ.

މަހްފޫޒް ސަޢީދު ވިދާޅުވީ މިއަދު އެވަގުތު ވެރިއަކަށް ހުރި ފުލުސް އޮފިސަރު އަނީސް މިކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު ވިދާޅުވީ މިއީ ފުހުންގެ މުއައްސަސާ ބަދުނާމުކުރަން ދައްކާ ވާހަކައެއް ކަމަށެވެ.

ގުޅުންހުރި އަޑު:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް