ކޮންމެ މީހަކު ބޭނުންހާ ގޮތަކަށް ޤާނޫނު ހަދައި ތަންފީޒްކުރާކަށް ނުޖެހޭނެ: ޝައިޚް އިލްޔާސް

ކޮންމެ މީހަކު ބޭނުންހާ ގޮތަކަށް ޤާނޫނު ހަދައި ތަންފީޒްކުރާކަށް ނުޖެހޭނެ: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

ކޮންމެ މީހަކު ބޭނުންހައި ގޮތަކަށް ޤާނޫނު ހަދައި ތަންފީޒްކުރަން ނުޖެހޭނެ ކަމަށާއި އެކަންކަމާއި ދެކޮޅަށް ރައްޔިތުން ސާބިތުކަމާއިއެކު މަސައްކަތްކުރުމުން މާތް ﷲ ތައުފީޤް ދެއްވަވާނެ ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ޤާނޫނު އަސާސީ ނެގެހެއްޓުމަށްޓަކައި، އަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ސާބިތުކަމާއިއެކު މަސައްކަތްކުރަނިކޮށް ފުލުހުން ހައްޔަރުކޮށްފައިވާ އެންމެންނަށްވެސް ސާބިތުކަން ދެއްވެވުން އެދި ހުރިހާ ރައްޔިތުން ވެސް ދުޢާކުރަންޖެހޭނެ ކަމަށެވެ. އަދި އެމީހުންގެ ޢާއިލާތަކަށް އެހީތެރިކަން ވެސް ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ޝައިޚް އިލްޔާސް ވަނީ ކޮށްގެން ތިބި ހުވައާއި އެއްގޮތަށް ސާބިތުކަމާއެކު ހައްޤު ގޮތުގައި ދެމިތިބުމަށް ސަލާމަތީ ބާރުތަކަށް އިލްތިމާސްކުރައްވައިފައެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ އެބޭފުޅުންނަކީ ވަރަށް މަތިވެރި ދީނީ އަދި ޤައުމީ ވާޖިބުތަކެއް އަދާކުރައްވާ ބޭފުޅުން ކަމަށާއި އެބޭފުޅުންނަށް ސިޔާސީ ގޮތުން ވަރަށް ބޮޑެތި ޕްރެޝަރުތައް ހުންނާނެ ކަމަށެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ ބޭނުންކޮށްފައި ޓިޝޫ އެއްލައިލާ ފަދައިން އެއްލައިލެވޭތަން ކަމަށެވެ. މިއީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި އެކަމާއި ދެކޮޅަށް ރައްޔިތުން ބަސް ބުނަންޖެހޭ ކަމަށެވެ.

މާލޭގައި ބޮޑެތި ކުއްޔަށް އުޅެމުންދާއިރު ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށްވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ މުންކަރާތްތައް މަނާކުރަންޖެހޭނެ ކަމަށާއި މުންކަރާތްތައް ހުއްޓުވުމާއި ދެކޮޅަށް ބަސް ބުނާނީ އެމީހެއްގެ ޒާތީ މަސްލަހަތު އޮތް ބައެއް ކަމަށެވެ.
އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް