އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންދުގައި ބައިތިއްބާ މީހުންނަށް ބޭސްކާންދެނީ ކޮން ބޭހެއްކަން ޔަޤީންކުރެވޭ ގޮތަކަށް ނޫން: ވަކީލުން

ބަންދުގައި ބައިތިއްބާ މީހުންނަށް ބޭސްކާންދެނީ ކޮން ބޭހެއްކަން ޔަޤީންކުރެވޭ ގޮތަކަށް ނޫން: ވަކީލުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނަށް ބޭސްކާން ދެނީ އެދެނީ ކޮން ބޭހެއްކަން ޔަޤީން ކުރެވޭ ގޮތަކަށް ނޫން ކަމަށް ބުނެ ބައެއް ޤާނޫނީ ވަކީލުން ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.

ވަކީލުން ވިދާޅުވަނީ އެއްގޮތަށް އެއް ކުލައިގައި އެއްސައިޒަކަށް ވަރަށް ގިނަ ބޭސްތައް ހުންނަކަމަށާއި ކާން ދެނީ ހަމަ ޑޮކްޓަރު ލިޔެދިން ބޭސްކަން ޔަޤީންކުރަން ބޭނުންވި ނަމަވެސް އެ ފުރުޞަތު ނުދޭ ކަމަށެވެ. ދެނީ ޑޮކްޓަރުން ލިޔެދޭ ބޭސް ކަމަށްވާއިރު ޔަޤީން ކުރެވޭ ގޮތަށް ބޭސް ނުދޭ ކަމުގެ ޝަކުވާ ކުރިނަމަވެސް އަދި މިހައިތަނަށް އެއްވެސް އިޖާބައެއް ދީފައި ނުވާ ކަމަށްވެސް ވަކީލުން ބުނެއެވެ.

ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ މީހުންނާއިމެދު އަމަލުކުރަމުން ގެންދާ ގޮތުން އިތުބާރުގެ މައްސަލަތައް އުފެދިފައިވާއިރު މިއީ ހައްލުކުރަންޖެހޭ މައްސަލައެއް ކަމަށް ވަކީލުން ވިދާޅުވެއެވެ.

ވަކީލުން މިފަދަ ކަންބޮޑުވުންތައް ފައުޅުކުރަމުންދާއިރު ބަންދުގައި ތިބި މީހުންނާއި ޢާއިލާތަކުން މި މައްސަލަތައް ގެންދަނީ ކަމާއިބެހޭ މުއައްސަސާތަކަށް ހުށަހަޅަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް