އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިނަދޫ ގައި އަންހެނަކު ދަންޖެހިގެން އަމިއްލައަށް މަރުވެއްޖެ

ތިނަދޫ ގައި އަންހެނަކު ދަންޖެހިގެން އަމިއްލައަށް މަރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ގދ. ތިނަދޫ ގައި ޒުވާން އަންހެނަކު ދަންޖެހިގެން މަރުވެއްޖެއެވެ.

މަރުވެފައިވަނީ ތިނަދޫ އާވެލި އުމުރުން 26 އަހަރުގެ އައިޝަތު އަބްދުލް ރައުފް، ނަމަކަށް ކިޔާ އަންހެނެއް ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ތިނަދޫގައި އަންހެނެއް މަރުވެގެން އުޅޭކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ފުލުހުން ބުނި ގޮތުގައި އެކަންތައް ބެލުމަށް އެސަރަޙައްދުގައި ފުލުހުން މިހާރުވެސް ހަރަކާތްތެރިވަމުން އެބަދެއެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 8:50 ގައެވެ.

އައިޝަތު މަރުވިއިރު އޭނާގެ ފިރިއަކާއި އުމުރުން ފަސް އަހަރުގެ އަންހެން ދަރިއެއް ދުނިޔޭގައި އެބަ ހުއްޓެވެ. ފަންކާގައި އެލިގެން އޭނާ މަރުވެފައި ހުއްޓާ ފެނުނީ އޭނާ ނިދާ ކޮޓަރި ތެރެއިންނެވެ. އޭނާ މަރުވިއިރު ފިރިމީހާ ރަށުގައި ނުއުޅޭ ކަމަށް ވެސް އެނގިފައިވެއެވެ.

(ތިމާގެ ނަފްސަށް އަމިއްލައަށް ގެއްލުންދީ، އަމިއްލައަށް މަރުވުމަކީ އިސްލާމް ދީން ނަހީ ކުރައްވާފައިވާ ކަމެކެކެވެ. ދިރިއުޅުމުގައި ކޮންމެ ކަމެއް ދިމާވި ކަމުގައި ވިޔަސް، ހިތްވަރާއިއެކު އެކަންކަމާއި ކުރިމަތިލާ، މާތް ﷲ ޙަޟްރަތަށް ދުޢާކޮށް ކެތްތެރިވާން ވާނެއެވެ. އަމިއްލައަށް މަރުވުމަކީ ތިމާއަށް ދެދުނިޔެ ގެއްލޭފަދަ ނުބައި އަދި ހިތާމަ ހުރި ކަމެކެވެ. އެފަދައިން ކަންތައް ކުރުމަށްވުރެ، ކަމެއް ދިމާވުމުން، އެކަލާނގެ މަތިން ހަނދުމަކޮށް ދުޢާ ކުރުން ބުއްދިވެރިއެވެ.

ކީރިތި ޤުރްއާންގައި މާތް ﷲ ވަހީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގާ ވަނީ:

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލާށެވެ! ހަމަކަށަވަރުން، ﷲ އީ އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަހީމް ވަންތަ ރަސްކަލާނގެއެވެ." )

Advertisement

ކޮމެންޓް ކުރެއްވުމަށް







Ali hussain 2018-03-21 15:35:16

Liun genessdheefa in goiyy v furihama kamuga dhannavan


މަރިޔަމް ވަހީދާ