އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަން ޗެމްޕިއަންޝިޕް ގއ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ކޮނޑޭއަށް

މިނިވަން ޗެމްޕިއަންޝިޕް ގއ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ކޮނޑޭއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ގއ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ކޮނޑޭއިން ހޯދައިފިއެވެ.

މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ގއ.އަތޮޅުން ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެއީ ގއ.ކޮނޑޭއާއި ގއ.ވިލިނގިއްޔެވެ. މިނިވަން ޗެމްޕިއަންޝިޕްގައި އަތޮޅަކުން ދެ ޓީމު ބައިވެރިވުމުން ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ދެ މެޗެވެ.

ވިލިނގިލީގެ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ވިލިނގިލި ބަލިކޮށް ކޮނޑޭއިން މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-4 ގެ ނަތީޖާއިން ކޮނޑޭ މޮޅުވެގެންނެވެ. އެހެންވުމުން، ގއ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ކޮނޑޭއިން ހޯދީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން 1-7 އުން ވިލިނގިލީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

2015 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި މިހާތަނަށް ބޭއްވި ހުރިހާ ފަހަރެއްގައި ވެސް ކޮނޑޭ ބައިވެރިވެފައިވާއިރު، މިއީ އަތޮޅު ބުރުގެ ޗެމްޕިއަންކަން ކޮނޑޭއިން ހޯދި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ގއ.އަތޮޅުގެ ޗެމްޕިއަންކަން ހޯދި ނިލަންދޫއިން މި ފަހަރު މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.

ގއ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ކޮނޑޭއަށް ލިބުމުން އެ ޓީމު ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ. ކޮނޑޭ ހިމެނޭ ޒޯން 3 ގައި ދެން ހިމެނެނީ ގދ.އަތޮޅުގެ ޗެމްޕިއަނުންނެވެ. ޒޯން ބުރު ކާމިޔާބުކުރާ ޓީމުތައް މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކުރާނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް