45 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކޮށްދޭނެ ބަޔަކު ހޯދަނީ

45 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކޮށްދޭނެ ބަޔަކު ހޯދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އުން ދިވެހި ސަރުކާރަށް ދިން ހިލޭ އެހީގެ ފައިސާއިން ރާއްޖޭގެ 45 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި މަޝްރޫއުގެ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ނޮން-ރިފަންޑަބަލް ރެޖިސްްޓްރޭޝަން ފީއެއްގެ ގޮތުގައި 1500 ރުފިޔާ ދައްކަންޖެހޭނެކަމަށެވެ. ރެޖިސްޓްރޭޝަން ފީގެ ފައިސާތައް ބަލައިގަންނަނީ އަންނަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ކުރިންކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ބީލަން ހުޅުވާނީ އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަސްކަމަށް އިއުލާންގައި ބުނެފައިވެއެވެ.

މި މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ވާރޭ ފެން ނަގާ ކޮންވެޔަންސް ޕައިޕް އެޅުމާއި، ވާރޭފެން ރައްކާކުރާ ޓޭންކާއި، އަލްޓްރާފިލްޓްރޭޝަން ޔުނިޓާއި، ޓްރީޓަޑް ވޯޓާ ޓޭންކް ޤާއިމްކުރުމުގެ މަސައްކަތެވެ.

ފެނުގެ ނިޒާމް ޤާއިމްކުރުމަށް އިއުލާންކޮށްފައިވާ 45 ރަށް:

ހއ.އަތޮޅު: ފިއްލަދޫ، މާރަންދޫ، މުރައިދޫ، އުލިގަމު، އުތީމު، މޮޅަދޫ
ހދ.އަތޮޅު: ފިނޭ، ހިރިމަރަދޫ، ކުރިނބީ، ނޭކުރެންދޫ
ށ.އަތޮޅު: ނޫމަރާ، ބިލެތްފަހި، ފޭދޫ، ފީވައް، ނަރުދޫ، ޅައިމަގު، ފުނަދޫ
ނ.އަތޮޅު: ހެނބަދޫ، ޅޮހި، މަގޫދޫ
އއ.އަތޮޅު: މަތިވެރި، ބޮޑުފުޅަދޫ، ހިމެންދޫ
އދ.އަތޮޅު: ކުނބުރުދޫ
މ.އަތޮޅު: ދިއްގަރު، ވޭވަށް، ރަތްމަންދޫ، ނާލާފުށި
ދ.އަތޮޅު: މީދޫ، ބަނޑިދޫ، ހުޅުދެލި
ތ.އަތޮޅު: ކަނޑޫދޫ، ވަންދޫ، އޮމަދޫ، ދިޔަމިގިލި، ގާދިއްފުށި، ކިނބިދޫ
ގއ.އަތޮޅު: މާމެންދޫ، ނިލަންދޫ، ކޮނޑޭ
ގދ.އަތޮޅު: ފިޔޯރީ، ފަރެސްމާތޮޑާ، ރަތަފަންދޫ، ނަޑައްލާ، ހޯޑެއްދޫޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް