އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ހުރިހާ ރައްޔިތުން އެކުގަ ޖަލަށްލައިގެން ނޫނީ ސަރުކާރުގަ ހުރި މައްސަލަތަކުގެ އަޑު ކަނޑުވައެއް ނުލެވޭނެ: ޢާޒިމް

ރާއްޖޭގެ ހުރިހާ ރައްޔިތުން އެކުގަ ޖަލަށްލައިގެން ނޫނީ ސަރުކާރުގަ ހުރި މައްސަލަތަކުގެ އަޑު ކަނޑުވައެއް ނުލެވޭނެ: ޢާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ޤައުމުގެ ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާ އެންމެން ހިފައި ހައްޔަރުކޮށް ޖަލުގައި ބަންދުކުރަމުން ގެންދަނީ ސަރުކާރުގަ ހުރި މައްސަލަތަކުގެ އަޑު އުފުލާތީ ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުން އެކުގައި ޖަލަށްލައި ބަންދުކޮށްގެން ނޫނީ ސަރުކާރުގައި ހުރި މައްސަލަތަކުގެ އަޑު ކަނޑުވައި ނުލެވޭނެ ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.



މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ރައްޔިތުން ކުރިއަށް ގެންދިއަ މުޒާހަރާ ބައްލަވަން ހުންނަވަނިކޮށް ފުލުހުން ހައްޔަރުކުރުމަށްފަހު މިއަދު ހަވީރު މާލެ ގެނެސް ކޯޓަށްވެސް ހާޒިރުނުކޮށް ފުލުހުން މީހުން ބަންދުކުރާ މަރުކަޒު، އަތޮޅުވެހި ސަރަހައްދުން ދޫކޮށްލުމުން ޢާޒިމް ވިދާޅުވީ ރައްޔިތުންނަށް މަގުތަކަށް ނުކުމެ އަޑުއުފުލަންޖެހުނީ ސަރުކާރުން ކުރާ ވައްކަންތައް ގިނަވެ އަނިޔާވެރިކަން ހައްދުފަހަނައެޅުމުން ކަމަށެވެ.



ޢާޒިމް ވިދާޅުވީ ރައްޔިތުން މަގުތަކަށް ނުކުމެ އަޑު އުފުލަމުން ގެންދަނީ ރައްޔިތުންގެ ފައިސާތަކަށް ވާނުވާއެއް ނުއެނގި ގެއްލެމުންދާތީ ކަމަށާއި އެ ހާލަތުގައި ރައްޔިތުންގެ އަޑު ކަނޑުވައި ނުލެވޭނެ ކަމަށެވެ. "އިންސާފު އެއްގޮތަކަށްވެސް ނުލިބިގެން އަދި ހޯދޭނެ އެހެން އެއްވެސް ގޮތެއް ނެތިގެން ރައްޔިތުން ނުކުމެ މަސައްކަތްކުރަމުން ދަނީ. ރައްޔިތުންގެ މި މަސައްކަތެއް ނުހުއްޓުވޭނެ. ރައްޔިތުން އެމީހުންގެ ހައްޤުތައް ހޯދާނެ."

ޢަލީ ޢާޒިމް ވިދާޅުވީ ޖަލުގެ ގޮޅިތަކުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ. އިސްލާމް ދީނޭ ކިޔައިގެން ވާހަކަ ދައްކާއިރު ފުލުހުންނަށް އައުރަ ނުދައްކައި ފާޚާނާ ކުރެވެން ވެސް ނެތް ކަމަށެވެ.

"ބަރަހަނާ ފެންނާނެ ގޮތަށް ކެމެރާ ހަރުކޮށްފަ ހުރީ- 24 މެންބަރުން އެއް ގޮޅިއެއްގަ ވެސް ތިބިން. ހުންނަނީ 2 ފާޚާނާ- މިހާލަތުގަ ތިބެންޖެހުމަކީ މައްސަލައެއް ނޫން. ހަމައެކަނި ބޭނުމަކީ ޤައުމަށް ކުރިމަތިވެފައިވާ ނިކަމެތި ޙާލަތުން ޤައުމު ސަލާމަތްކުރުން." ކަމަށްވެސް ޢަލީ ޢާޒިމް
ވިދާޅުވިއެވެ.

ގުޅުންހުރި އަޑު:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް