އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސީރިއާއަށް ދިން ކެމިކަލް ހަމަލާ ރާއްޖެއިން ކުށްވެރި ކޮށްފި

ސީރިއާއަށް ދިން ކެމިކަލް ހަމަލާ ރާއްޖެއިން ކުށްވެރި ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ސީރިއާ ގެ ދޫމާ ނަމަކަށް ކިޔާ ރަށަކަށް އިއްޔެ ދިން ކެމިކަލް ހަމަލާ ރާއްޖެއިން ކުށްވެރި ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުށެއްނެތް އެތަކެއް އަންހެނުންނާއި ކުޑަކުދިން މަރުވި އެހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެފަދަ އަމަލުތައް ހުއްޓުވުމަށާއި އެންމެންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް ބައިނަލް އަގުވާމީ މުޖުތަމައަކުން ކުރާ މަސައްކަތުގައި ރާއްޖެއިން ބައިވެރިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ޓްވީޓުގައި ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި "ސެރިން ގޭސް" ނަމަކަށް ކިޔާ ނުރައްކާތެރި ކެމިކަލެއް ބޭނުންކޮށްގެން ދޫމާއަށް އިއްޔެ ދިން ހަމަލާގައި 70 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި އެގޭހުގެ އަސަރު ހާހަކަށްވުރެ ގިނަ މީހުންނަށް ކުރި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ހަނގުރާމައިގައި ޒަހަމްވާ މީހުން ހޯދާ ފަރުވާ ދިނުމާއި މަރުވާ މީހުން ވަޅުލުމުގެ މަސައްކަތް ހިލޭ ސާބަހަށް ކުރާ "ވައިޓް ހެލްމެޓްސް" ޖަމާއަތުން ބުނެފައިވަނީ އިއްޔެ އެދިން ކެމިކަލް ހަމަލާގައި 75 މީހުން ނޭވާ ހާސްވި ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ