ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގެ ޝޫޓިން މިމަހު 26 ގައި

ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގެ ޝޫޓިން މިމަހު 26 ގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ދިވެހި ފިލްމު އިންޑަސްޓްރީގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކޮށްފައިވާ ފިލްމީ ބަތަލާ ނިއުމާ މުޙައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގެ ޝޯޓިންގ މިހިނގާ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

ނިއުމާ ޕްރޮޑިއުސްކޮށް ފިލްމުގެ ލީޑް ބަތަލާ ގެ ރޯލު ކުޅޭ މިފިލްމުގެ ހުރިހާ އިންޑޯ ޝޫޓިން އެއް ކުރުމަށް ހަމަޖެހިފައިވަނީ ރ. އިނގުރައިދޫ ގައެވެ. އަދި ފަސް ދުވަހުގެ އައުޓްޑޯ ޝޫޓިންގެއް މާލޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ނިއުމާ ބުންޏެވެ.

މިފިލްމު ޑައިރެކްޓު ކުރަނީ، 2016 ވަނަ އަހަރު ބޭއްވުނު ޤައުމީ ފިލްމު އެވޯޑްސްގައި އެންމެ ގިނަ ވަނަތަކެއް ހާސިލް ކުރި ފިލްމު "ލޫދިފާ" ގެ ޑައިރެކްޓަރު މޫމިން ފުއާދު އެވެ.

ފިލްމުގައި ހަރަކާތްތެރިވާ ކާސްޓުންގެ ނަންތައް ރާނބާ ރެސްޓޯރަންޓްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ރޭވަނީ އިއުލާން ކޮށްފައެވެ. ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަހުމަދު އަޒްމީލް (އަޒޭ)، އަޙުމަދު ސައީދު، ނާޝިދާ މުޙައްމަދު (ނާއްކޮ)، ޒީނަތު އައްބާސް، މަރިޔަމް ޝަކީލާ، އައިމިނަތު ރަޝީދާ (އައިންތު)، މަރިޔަމް ހަލީމް، އިސްމާއިލް ޒާހިރު، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އައިމިނަތު އިޝާލް ރަޝީދު އަދި އަހުމަދު އާސިފް ހިމެނެއެވެ.

"ނިވައިރޯޅި" ގައި ހަރަކާތްތެރިވާ ކާސްޓުންނާއި ލިޔުން ހަވާލުކޮށްދިނީ އެޚަފްލާގައި ޚާއްސަ މެހެމާނެއްގެ ގޮތުގައިވެސް ބައިވެރިވި މުޙައްމަދު އަލީ (މޮގާ) އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ